މާލެއިން ފުރައިގެން އއ. ތޮއްޑުއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވެ އަޑިއަށްދާތީ އޭގައި ތިބި 25 މީހުން ފުލުހުން ސަލާމަތްކޮށްފިއެވެ.
މެރިން ޕޮލިހުން ބުނެފައިވާ ގޮތުގައި މާލެއިން ފުރައިގެން އއ. ތޮއްޑުއަށް ދަތުރުކުރަމުން ދިޔަ ”ރިލެކްސް އައިޝާ“ ނަމަކަށް ކިޔާ ލޯންޗެއް ކަނޑުމަތިން ދިޔަވެ، އަޑިއަށް ދާން ފެށީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި 25 މީހުން ދަތުރުކުރަމުން ދިޔައެވެ. ލޯންޗު އަޑިއަށްދާކަމުގެ މައުލޫމާތު ލިބުމާއެކު، ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށައިފައެވެ.
މެރިން ޕޮލިހުން ބުނީ، ލޯންޗު އަޑިއަށް ދާން ފެށުމުގެ ހާދިސާ ހިނގާފައިވަނީ މިއަދު 17:30 ހާއިރު ކަމަށާއި ކުރި މަސައްކަތުން، ލޯންޗުން ދަތުރުކުރި އެންމެން ވަނީ އެއްވެސް ގެއްލުމެއް ނުލިބި ރައްކާތެރިކަމާއެކު މާލެ ގެނެސްފައި ކަމަށެވެ.
މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރުންމި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް، ކަނޑުގަދަ ދުވަސްވަރަކަށްވުމާއެކު، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން ނަސޭހަތްތެރިވެއެވެ.
”ރިލެކްސް އައިޝާ“ ލޯންޗު ދިޔަވެ އަޑިއަށްދާތީ، މީހުން ސަލާމަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ