ފެނާއި ނަރުދަމާގެ ގައުމީ ސިޔާސަތު އިފްތިތާހުކޮށްފި

ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެނާއި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށާއި، އެ ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް، "ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ" ގެ ނަމުގައި ޤައުމީ ސިޔާސަތެއް އެކުލަވައިލައި އިފްތިތާހުކޮށްފި އެވެ.
މި ސިޔާސަތު އިއްޔެ އިފްތިތާހުކޮށް ދެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
ގައުމީ ފެނާއި ނަރުދަމާގެ ސިޔާސަތަކީ ރާއްޖޭގެ ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައް މުޅި ރާއްޖޭގައި ތަރައްގީ ކުރުމަށް މަގުދައްކައިދޭނެ އޮނިގަނޑެކެވެ.
މި ސިޔާސަތުގެ ދަށުން، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ހިދުމަތް ފޯރުކޮށް ދިނުމާއި، ގުދުރަތީ މީރުފެން ރައްކާތެރި ކުރުމާއި، އާ އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން، ދިރާސާ ކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމާއި އަދި އާންމުން ހޭލުންތެރި ކުރުން ފަދަ މުހިންމު ދާއިރާތަކަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ