ކައުންސިލް އިންތިހާބުގައި ރީ ރަޖިސްޓްރީވާން ހުޅުވާލައިފި
އެޕްރީލްގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން، އެހެން ތަނަކަށް ނުވަތަ ރަށަކަށް ބަދަލުކުރުމުގެ ފުރުސަތު އީސީން ފުރުސަތު ދިނީ، އަންނަ ހޯމަ ދުވަހުގެ 15:00ގެ ނިޔަލަށެވެ.އީސީން ބުނީ، އެ މުއްދަތުގައި ރީ ރަޖިސްޓްރީވާން ހުށަހަޅާނީ، 2024ގައި މަޖިލީސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ބަދަލުކުރަން ބޭނުންވާ މީހުން ކަމަށެވެ.އޭގެއިތުރަށް، މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު، VR (Space) NID ޖެއްސެވުމަށް ފަހު 1414 އެސްއެމްއެސްކޮށްގެން ޗެކުކުރެވޭނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރަންޖެހެ އެވެ. އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އަންނަނީ، ކެމްޕެއިން ކުރަމުންނެވެ.ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ