ކޯޑްވެލް މެރިން ޑީސަލް އައުޓްބޯޑު އިންޖީނު ރާއްޖޭގެ ބާޒާރަށް

ކޯޑްވެލް މެރިންގެ ޑީސަލް އައުޓްބޯޑު އިންޖީނު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޯޑްވެލް މެރިން އިން ވަނީ، މިދިޔަ އާދިއްތަ ދުވަހު ނިމުނު މި އަހަރުގެ މެރިން އެކްސްޕޯގައި ވެސް ބައިވެރިވެފަ އެވެ. މީގެ އިތުރުން، އެ ކުންފުނީގެ 'AX300 ޑީސަލް އައުޓްބޯޑް' އިންޖީނު ރާއްޖޭގެ ބާޒާރަށް ތައާރަފު ކުރުމަށް ހާއްސަ ހަފްލާއެއް ވެސް ވަނީ ބާއްވައިފަ އެވެ.
ތަފްސީލް - AX300 ޑީސަލް އިންޖީނު ފަރުމާކޮށްފައިވަނީ ގަދަ ހޫނާއި ލޮނުގައި ގިނަ ވަގުތު ބަރުކޮށް މުދާ އުފުލާ އުޅަނދުތަކަށް ހާއްސަކޮށްގެންނެވެ. މިއާ އެކު، ރާއްޖެއަކީ ކޯޑްވެލް އިންޖީނަށް އެންމެ އެކަށޭނަ މާހައުލަށް ވާނެ އެވެ.
AX300 ޑީސަލް އިންޖީނަކީ، ގިނަ ވަގުތު މެދުނުކެނޑި އޮޕަރޭޓު ކުރާ ކަނޑު އުޅަނދަށް ހާއްސަ އިންޖީނެއް
އިންޖީނުގެ ދުވެއްޔާއި ހަކަތައިގެ އިގްތިސޯދާއި އިތުބާރަށް ބަރޯސާވާ ޕްރޮފެޝަނަލް އަދި ކޮމާޝަލް ކަނޑު ދަތުރުތަކަށް ވެސް މިއީ އެކަށޭނަ އުފެއްދުމެއް
މި އިންޖީނު އުފައްދާފައިވަނީ ބާރުގަދަ ޑީސަލް ޕަވާ ހެޑަކާއި ކޯޑްވެލް މެރީން އިން އުފައްދާ، ޕޭޓޭންޓުކޮށްފައިވާ އިންޓަގްރޭޓަޑް ސްޓިއަރިން ސިސްޓަމަކާއި ޑްރައިވް ޓްރެއިން އަދި ކޮންޓްރޯލް ޓެކްނޮލޮޖީ ހިމެނޭގޮތަށް
އިންޖީނު ޑިޒައިންކޮށްފައިވަނ ީއުނދަގޫ މާހައުލުތަކުގައި މަސައްކަތްކުރާއިރު ވެސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު އިންޖީނުގެ މަރާމާތުތައް ކުރެވޭނެގޮތަށް
ކޯޑްވެލް މެރީންގެ ސީއީއޯ ސާރާ ސިމްޕްސަން ވިދާޅުވީ ރާއްޖޭގެ މާހައުލަކީ ކަނޑު އުޅަނދުފަހަރުގެ އިންޖީނުތަކަށް މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ގޮންޖެހުން ބޮޑު އެއް މާހައުލު ކަމަށާއި އެ ކުންފުނީގެ އުފެެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުރުމުގެ މަގުސަދަކީ AX300 ޑީސަލް އިންޖީނަކީ މިފަދަ ގޮންޖެހުން ބޮޑު މާހައުލުތަކުގައި އުޅަނދު ދުއްވާ ފަރާތްތަކުގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ އެއްޗެއްކަން އަމަލީ ގޮތުން ސާބިތު ކޮށްދިނުން ކަމަށެވެ. 
ކޯޑްވެލް މެރިންއަކީ އިނގިރޭސިވިލާތުގެ މެރީން އިންޖިނިއަރިން ކުންފުންޏެކެވެ. އެ ކުންފުނީގެ މަގްސަދަކީ ފެންވަރު ރަނގަޅު އަދި އިތުބާރުކުރެވޭ އުފެއްދުންތަކުގެ އެހީގައި އައުޓްބޯޑް އިންޖީނު އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނައުމެވެ.
މި ކުންފުނިން އެންމެ އިސްކަންދެނީ ކޮމާޝާލް ކަނޑު ދަތުރުތަކަށާއި އަސްކަރީ އަދި ފަންނީ ބޭނުންތަކަށް ބޭނުންކުރާ އުޅަނދުފަހަރަށް އިތުބާރު ހިފޭ ވަރުގަދަ އިންޖީނުތަކެއް ފޯރުކޮށްދިނުމެވެ.
އެ ކުންފުނީގެ AX300 ޑީސަލް އައުޓްބޯޑަކީ އިނގިރޭސިވިލާތުގައި ފަރުމާކޮށްފައިވާ، ޒަމާނީ ޑީސަލް ޓެކްނޮލޮޖީއާއި ޕްރިސިޝަން ހޭންޑްލިން ނިޒާމުތައް ހިމެނޭ ދުވެލި ބާރު، ތެޔޮ ހަރަދު ކުޑަ އަދި ގިނަ ދުވަހަށް ބޭނުން ކުރެވޭ އުފެއްދުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ