ރައީސް މައުމޫނާ ނުލައި ރައީސް ޔާމީނަށް އެއްވެސް އިންތިހާބެއް ކާމިޔާބެއް ނުވާނެ: އުމަރު

ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އަދި ޕީޕީއެމްގެ ސަޕޯޓާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް އިންތިހާބެއް ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމް ކައުންސިލުގެ މެމްބަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. މިހާރު ޕީޕީއެމްތެރޭގައި އުފެދިގެން އުޅޭ މައްސަލަތަކާ ބެހޭގޮތުން މިރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ، ރައީސް މައުމޫނުގެ ސަޕޯޓު ބޭނުންފުޅުނަމަ ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ހައްގުގެ މަގަށް ވަޑައިގަނެ ކޮރަޕްޝަނުން އެއްކިބާވެފައިވާ ސަރުކާރެއް ގާއިމް ކުރަން ކަމަށެވެ. " އެނޫން އެއްވެސް ހާލެއްގައި އަޅުގަނޑުމެން ތާއީދެއް ނުކުރާނަން. އަޅުގަނޑުމެން ނުލައި ގޮސް ކާމިޔާބުވާނެ އެއްވެސް އިންތިހާބެއް ނޯންނާނެ. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން ރައީސް މައުމޫނު ނުލައި ގޮސް ކާމިޔާބު ވާނެ އެއްވެސް އިންތިހާބެއް ނޯންނާނެ،" އުމަރު ވިދާޅުވި އެވެ. މިއަދު އަޅުގަނޑުމެން ތެދުވީވެސް އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކާ އުސޫލުތަކުގެ ދިފާއުގައި. އެމީހަކީ ރައީސް ނަޝީދު ކަމަށްވިޔަސް ރައީސް ޔާމީން ކަމަށްވިޔަސް އަޅުގަނޑުމެން ގަބޫލުކުރާ ހަމައިން ނެއްޓިގެން ދިޔައިމަ އަޅުގަނޑުމެން ތެދުވާނަން، އުމަރު ނަސީރު މިހާރު ރައީސް ޔާމީން ކުރައްވަމުންދާ ދަތުރުގައި މަޑުއްކޮށްލައްވައި ފަހައްތަށް ބައްލަވައިލެއްވި ނަމަވެސް ފެންނާނީ އެމަނިކުފާނު އެކަނި ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިހާރު ރައީސް ޔާމީންގެ ފަހަތުގައި " ސިޔާސީ ބަރުދަނެއް ހުރި އެއްވެސް ބޭފުޅަކު ނުހުންނާނެ" ކަމަށެވެ. ޕީޕީއެމްވެސް އަތުލެވިދާނެ ކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ "އަތުލިޔަސް ލިބޭނީ ތޮށިގަނޑު" ކަަމަށެވެ. މިސާލެއްގެ ގޮތުން އުމަރު ނެންގެވީ ރައީސް މައުމޫނު އަތުން ޑީއާރުޕީ އަތުލައި ހިނގާދިޔަ ކަންކަމެވެ. އަޅާނުލައި މަޑުންތިބެވޭ ވަރަށްވުރެ ސަރުކާރުގެ ކަންތައް މައްޗަށް ގޮސްފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ރަށްތަކާއި ފަޅުތައް ބިޑަަކާ ނުލައި ކުއްޔަށް ދިނުމާއި، އަބުރުގެ ބިލުގެ މައްސަލަ އުމަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ އެއީ ޕީޕީއެމް ގަބޫލުކުރާ ހަމައާ އުސޫލުން ބޭރުން ކުރައްވާ ކަމެއް ކަމަށެވެ. " މިއަދު އަޅުގަނޑުމެން ތެދުވީވެސް އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކާ އުސޫލުތަކުގެ ދިފާއުގައި. އެމީހަކީ ރައީސް ނަޝީދު ކަމަށްވިޔަސް ރައީސް ޔާމީން ކަމަށްވިޔަސް އަޅުގަނޑުމެން ގަބޫލުކުރާ ހަމައިން ނެއްޓިގެން ދިޔައިމަ އަޅުގަނޑުމެން ތެދުވާނަން،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ޕާޓީ ހިންގުމުގެ ކަންކަމުން ރައީސް މައުމޫނު ވަކި ނުކުރެވޭނެ ކަމަށާއި އިސްތިއުނާފު މަރުހަލާގައި ކާމިޔާބުވާނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އުމަރު ވިދާޅުވީ، ސިވިލް ކޯޓުން މިއަދު ކުރި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ. " އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ހުކުމް އިސްތިއުނާފު ކުރާނަން. އެކަމު މީގެން އަޅުގަނޑުމެނަށް އެނގިގެންދަނީ ޕީޕީއެމްގެ ސަރުކާރެއްގައި އަދުލު އިންސާފު ވެއްޓިފައި ހުރިވަރު. ފަހަރެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެދާނެ ތިމަން މަނިކުފާނު އަދުލު އިންސާފަކާ ބެހިވަޑައިނުގަންނަވަމޭ. އެދެން ތެދަކަށްވެސް ވެދާނެ ދޮގަކަށްވެސް ވެދާނެ." އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަދުލު އިންސާފުގެ ކަންކަން ރަނގަޅަށް ދޭތޯ ބެލުމަކީ ރައީސް ޔާމީންގެ ވާޖިބެއް ކަމަށެވެ. އަދި ހާއްސަކޮށް ޕާލިމެންޓް މެޖޯރިޓީ އޮތް ސަރުކާރެއްގައި މާ ރަނގަޅަށްވެސް އެކަންކަން ބެލެންޖެހޭނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ހުކުމް އިސްތިއުނާފު ކުރާނަން. އެކަމު މީގެން އަޅުގަނޑުމެނަށް އެނގިގެންދަނީ ޕީޕީއެމްގެ ސަރުކާރެއްގައި އަދުލު އިންސާފު ވެއްޓިފައި ހުރިވަރު. ފަހަރެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެދާނެ ތިމަން މަނިކުފާނު އަދުލު އިންސާފަކާ ބެހިވަޑައިނުގަންނަވަމޭ. އެދެން ތެދަކަށްވެސް ވެދާނެ ދޮގަކަށްވެސް ވެދާނެ. އުމަރު ނަސީރު ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވިދާޅުވީ، ހިނގައިގެން އުޅޭ މައްސަލާގައި އެއްޗެއް ވިދާޅުނުވެ ގޭގައި ހުންނަން ރައީސް މައުމޫނަށް ވަރަށް ފަސޭހަވާނެ ކަމަށާއި ނަމަވެސް އުސޫލުން ބޭރުން ކަންކަން ދާން ފެށީމައި އޭގެ ދިފާއުގައި އެމަނިކުފާނު ނުކުމެވަޑައިގަތީ ކަމަށެވެ. އެކަންކަން އިސްލާހުކުރުމަށް އިސްލާހީ އެޖެންޑާއެއް އެކުލަވާލައި ރައީސް މައުމޫނު ނުކުމެވަޑައި ގަތުމުން ބައެއް ބޭފުޅުން ހިތްނުތަނަވަސްވީ ކީއްވެތޯ ޔުމްނާ ވަނީ ސުވާލު އުފައްދަވާފައެވެ. ޔުމްނާ ވިދާޅުވީ، ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގެ އެއެއްވެސް ހައިސިއްޔަތެއް އޮތް މީހެއް ކަމަށް ޕާޓީގެ އަސާސީ ގަވާއިދު ނުދައްކާ ކަމަށެވެ. އެހެންކަމުން ސިިވިލް ކޯޓުން މިއަދު ކުރި ހުކުމަކީ ގަބޫލުކުރަން ދަތި ހުކުމެއް ކަމަށް ޔުމްނާ ވިދާޅުވި އެވެ. ރައީސް ޔާމީނަށް ތާއީދުކުރައްވާ ކައުންސިލް މެމްބަރުންނާއެކު މިރޭ ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަކީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ބޭއްވި ބައްދަލުވުމެއް ކަމަށް ޔުމްނާ ވިދާޅުވި އެވެ. ޕީޕީއެމްގެ މެދުގައި އުފެދިގެން އުޅޭ ހަމަނުޖެހުންތައް ބޮޑުވެ ޕާޓީވަނީ ދެބައަަކަށް ބެހިފައެވެ. ޕާޓީގެ ރައީސް މައުމޫނު މިއަދު ކައުންސިލު ބައްދަލުވުމެއް ބާއްވައިފައި ވަނިކޮށް ރައީސް ޔާމީން މިރޭވަނީ އަނެއްކާވެސް ކައުންސިލް ބައްދަލުވުމެއް އެމަނިކުފާނުގެ ވަފާތެރިންނާއެކު ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ