ވަޒީރުންނާ ސުވާލު ކުރެވޭ ގޮތަށް ސަރުކާރުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އަހާ ފޯރަމް، ބަންޑާރަނައިބު އަހުމަދު އުޝާމް އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިމެނޭ ގޮތަށް ފަސް ވަޒީރަކާއެކު މާދަމާ ބާއްވަން ނިންމައިފި އެވެ.
އުޝާމް އާއި އިހުސާންގެ އިތުރުން މާދަމާގެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި އެގްރިކަލްޗަރު މިނިސްޓަރު މަރިޔަމް މާރިޔާ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރާއި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އެވެ.
މާދަމާއަށް ޝެޑިއުލް ކުރި އަހާ ފޯރަމް އެންމެ ފުރަތަމަ ބާއްވަން އުޅުނީ އޭޕްރީލް 24، ގަ އެވެ. ނަމަވެސް އެ ދުވަހު އަހާ ފޯރަމް ބާއްވަން އިސްތިހާރު ކުރުމަށްފަހު ވެސް ކެންސަލް ކުރީ އެވެ. ފޯރަމް ކެންސަލް ކުރިއިރު، މާލޭގައި ގިނަ ބަޔަކު ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާ އޮތީ ހޫނުވެފަ އެވެ.
މާލޭގައި މުޒާހަރާ ކުރަނީ، އުސް އިމާރާތެއްގެ މަތިން ފުރާޅަކަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލުމަށެވެ. އޭޕްރީލް 18، ގައި ހިނގި އެ ހާދިސާގައި ފުލުހުން ހިންގާ ތަހުގީގަށް ވަނީ ގިނަ ބައެއްގެ އިތުބާރު ގެއްލިފަ އެވެ.
ތަހުގީގުގެ އެންމެ ބޮޑު މައްސަލައަކަށްވީ ޔުމްނު ވެއްޓުނު އިރު އޭނާއާއެކު އުޅުނު ރައުދު އަހުމަދު، 21، ހައްޔަރު ކުރަން ފުލުހުން ދެކޮޅު ހެދުމެވެ. އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ލިބުމުން ވެސް ފުލުހުން އޭނާ ހައްޔަރެއް ނުކުރި އެވެ. އަދި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމުން ވެސް ރައުދު ހައްޔަރެއް ނުކުރި އެވެ. އޭނާ ހައްޔަރު ކުރީ އާންމުންގެ ޕްރެޝަރު ބޮޑުވެފައި އޮއްވައި ހާދިސާ ހިނގިާ ހަ ދުވަސް ފަހުންނެވެ.
އޭގެ އިތުރުން، ހާދިސާގެ ވަށައިގެންވާ ވަރަށް އާދައިގެ ކަންކަމުގައި ވެސް ފުލުހުން ދޮގު ހެދި އެވެ. ޔުމްނު ވެއްޓުނު ގޭގެ ފަންގިފިލާއެއްގައި ކެމެރާ ހަރުކޮށްފައި ހުއްޓާ ވެސް ކެމެރާ ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައިގައި ހިމެނޭ ވީޑިއޯގެ އަސްލު އޮޅޭ ގޮތަށް އެޑިޓުކޮށްފައި އާންމު ކުރުން ވެސް އެއީ ފާޑުކިޔުން އަމާޒުވި ސަބަބެކެވެ.
ބަންޑާރަނައިބާއި ހޯމް މިނިސްޓަރު ހިމެނޭ ގޮތަށް ފަސް ވަޒީރަކާއެކު މާދަމާ އަހާ ފޯރަމް ބާއްވަނީ ބަންޑާރަނައިބާއި ހޯމް މިނިސްޓަރު ހިމެނޭ ގޮތަށް ފަސް ވަޒީރަކާއެކު މާދަމާ އަހާ ފޯރަމް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ