ފަނޑިޔާރުކަމުން ރިޓަޔާވި ޕީޖީ އައްބާސްގެ އަގުވަޒަންކޮށް، ޝަރަފުގެ ލަގަބު އަރުވައިފި ފަނޑިޔާރުކަމުން ރިޓަޔާވި ޕީޖީ އައްބާސްގެ އަގުވަޒަންކޮށް، ޝަރަފުގެ ލަގަބު އަރުވައިފި

ހައި ކޯޓުގެ ފަނޑިޔާރުކަމުން ޝަރަފުވެރިކަމާ އެކު ރިޓަޔާވެވަޑައިގެންނެވި، މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަގުވަޒަންކޮށް، ޝަރަފުގެ ލަގަބެއް އަރުވައިފި އެވެ.
އައްބާސް ޝަރީފަށް ތަކްރީމް ކުރެއްވި ފަތް ކޮޅާއި ޝަރަފުގެ މެޑަލް ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު މުއްތަސިމު އަދުނާން އެވެ.
ފަނޑިޔާރުން ތަކްރީމް ކުރުމަކީ ޝަރަފުވެރިކަމާ އެކު ރިޓަޔާވެވަޑައިގެންފައިވާ ފަނޑިޔާރުން ޝަރުއީ ދާއިރާއަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ޝަރަފު އެރުވުމެވެ.
ފަނޑިޔާރުކަން ކުރެއްވުމާ ހަވާލުވެވަޑައިގެން އައްބާސް ވަނީ ހަތަރު އަހަރާއި ހަ މަހަށްވުރެ ގިނަ ދުވަހު ނިޔާ ކަނޑައެޅުމުގައި ހިދުމަތް ކުރައްވައިފަ އެވެ.
ފަނޑިޔާރުކަން ކުރެއްވުމުން އައްބާސް އޮކްޓޯބަރު 1، 2015، ގައި ރިޓަޔާ ކުރެއްވިއިރު ހުންނެވީ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމަށް ހަވާލުމާ އެކު ރައީސް އޮފީހުގެ ސެކްރެޓަރީ އޮން ލީގަލް އެފެއާސްގެ މަގާމަށް އައްޔަން ކުރެއްވީ އައްބާސް އެވެ.
އެކަމަކު ޕީޖީގެ މަގާމު ހުސްވުމާ އެކު އެ މަގާމަށް ކުރިމަތިލައްވައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު އެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު 18، ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ