ކޯރާޑީން ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނަށް ދައުވާކުރަން ފޮނުވައިފި ކޯރާޑީން ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނަށް ދައުވާކުރަން ފޮނުވައިފި

ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މާރާމާރީ ހިންގާފައި ވަނީ މިދިޔަ ފެބްރުއަރީ 8، ގެ ރޭގަނޑު 23.35 ހާއިރެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ހަމަލާދިނީ ހުޅުމާލޭ ރެހެންދި ސްކޫލް ސަރަހައްދުގައި ހުންނަ ޓާފް ދަނޑު ކައިރީގައި މަޑުކޮށްގެން ހުރި މީހަކަށެވެ.
ހަމަލާދިން ދެ މީހުން ތިބީ ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެންނެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނަކީ ގދ. ފިޔޯރީ، ހީނާމާގެ، ރުސްތުމް އިބްރާހީމް (26 އަހަރު) އާއި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފްﷲ ފައިސަލް (19 އަހަރު) އެވެ.
މި ދެ މީހުން ފުލުހުން ހައްޔަރުކުރީ ހަމަލާ ދިނުމަށް ފަހު، ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް އެ ރޭގަ އެވެ. އޭރުން ފެށިގެން އެ ދެ މީހުން ތިބީ ކްރިމިނަލް ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މިއީ އެ ދުވަސްވަރު މާލޭގައި ދެ ގޭންގެއްގެ ދެމެދުގައި ހިނގި ސިލްސިލާ މާރާމާރީތަކުގެ ތެރެއިން ހިނގި މާރާމާރީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ