ޕެރިސް، ފްރާންސް (އޭޕްރީލް 18) - ޓީމެއްގެ ގޮތުގައި ކުޅެން ބަލާއިރު، ޕީއެސްޖީގައި މި ވަގުތު އޮތީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް އެންމެ ވަރުގަދަ ސްކޮޑު ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ފާއިތުވި އަހަރުތަކުގައި ގިނަ ތަރިންތަކެއް ހިމެނޭ ޓީމެއްގެ ގޮތުގައި ފެނުނު ޕީއެސްޖީ ވަނީ އެންރީކޭ ހަވާލުވި ފަހުން ވަރަށް ބޮޑަށް ބަދަލުކޮށްފަ އެެވެ. އެ ގޮތުން، ކުރިން ލިއޮނަލް މެސީ، ކީލިއަން އެމްބާޕޭ، ނޭމާ އަދި ސާޖިއޯ ރާމޯސް ފަދަ ކުޅުންތެރިން ހިމެނޭ ސްކޮޑެއް ވެސް ޕީއެސްޖީގައި އޮތެވެ. އެކަމަކު، މިހާރު އޭގެއިން އެއްވެސް ކުޅުންތެރިއަކު އެ ޓީމުގައި ނެތްއިރު، އެންރީކޭ އަންނަނީ ޕީއެސްޖީގެ މި ވަގުތުގެ ސްކޮޑާ އެކު ރަނގަޅު މަސައްކަތެއް ކުރަމުންނެވެ.
ބާކީ ހަ މެޗު އޮއްވައި ޕީއެސްޖީން ފްރެންްްޗް ލީގުގެ ތަށި ޔަގީންކުރިއިރު، އެ ޓީމުން އަންނަނީ ޗެމްޕިއަންސް ލީގުގައި ވެސް ރަނގަޅުވާދައެއް ކުރަމުންނެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި، އެސްޓަން ވިލާ ދަނޑުގައި ޕްރެޝަރު ވަގުތުތަކެއް ދިޔަ ކަމުގައި ވިޔަސް ޕީއެސްޖީން ވަނީ ފަހު ވަގުތު ޑިފެންސް ރަނގަޅުކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
އެންރީކޭ ބުނީ މެޗުތައް ކޮންމެ ގޮތަކަށް ދިޔަ ކަމުގައި ވިޔަސް ޓީމާ މެދު އޭނާގެ އިތުބާރު ބޮޑު ކަމަށެވެ.
"އަހަރެން ދެކޭގޮތުގައި މި ޓީމުގައި އޮތީ ދުނިޔޭގައި ވެސް (މި ވަގުތު އޮތް) އެންމެ ވަރުގަދަ ސްކޮޑު. ހަމައެކަނި ގޯލްކީޕަރުގެ ވާހަކައެއް ނޫން މި ބުނަނީ. ޕީއެސްޖީ ކަހަލަ ޓީމެއްގައި ހުންނަ ކަމަަށް ވިއްޔާ ޔަގީންކަމެއް އެއީ ވަރަށް ވަރުގަދަ ސްކޮޑެއް، ކޮލިޓީ ކުޅުންތެރިން ތިބޭހެން އޮންނާނެ ކަމަށް،" ކުރިން ބާސެލޯނާ އާއި ރޯމާ އަދި ސެލްޓަ ވީގޯ އަށް ކޯޗުކޮށްދިން އެންރީކޭ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ސެމީގައި ޕީއެސްޖީން ކުޅޭނީ އާސެނަލާ އެވެ. އާސެނަލުން ވަނީ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑް ކަޓުވާލައިފަ އެވެ.
ސްޕެއިން ގައުމީ ޓީމުގެ ކުރީގެ ކޯޗު އެންރީކޭ ބުނީ ޕީއެސްޖީގެ ސަޕޯޓަރުންނަށް އަނެއްކާ ވެސް ޗެމްޕިއަންސް ލީގު ސެމީ ފައިނަލެއްގެ ފުރުސަތު ލިބިގެންދިއުމަކީ އުފަލެއް ކަމަށެވެ.
ދާދި ފަހުން، އެންރީކޭ ވަނީ ޕީއެސްޖީއާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް 2027 ގެ ޖޫން މަހުގެ ނިޔަަލަށް އާ ކޮށްފަ އެވެ.
ޕީއެސްޖީގައި އޮތީ މި ވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ޓީމު: އެންރީކޭ ޕީއެސްޖީގައި އޮތީ މި ވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ޓީމު: އެންރީކޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ