ލަންޑަން (އޭޕްރީލް 18) - ޗެލްސީން އެ ޓީމާ ދެކޮޅަށް މެޗުތަކުގައި ކުޅޭ ޓީމުތަކަށް އެންމެ ރަނގަޅު ވިސްނުމުގައި އިހުތިރާމްކުރަން ދަސްކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
ޔުއެފާގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި ރޭ ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި، ޕޮލެންޑްގެ ލެގިއާ ވޯސޯޒަވާ އަތުން 2-1 އިން ބަލިވެފަ އެވެ. ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ޗެލްސީ ވަނީ 3-0 އިން މޮޅުވެފަ އެވެ. އެހެންކަމުން، އެގްރިގޭޓަށް ބަލާއިރު، ޗެލްސީ އަށް ވަނީ 4-2 އިން ކުރި ލިބި ސެމީ ފައިނަލުގެ ޖާގަ ޔަގީންވެފަ އެވެ.
ސެމީ ފައިނަލުން ޖާގަ ލިބުނު ކަމުގައި ވިޔަސް ޗެލްސީގެ ކޯޗު މަރެސްކާ ހުރީ ނުރުހިފަ އެވެ.
"މިއީ މި މުބާރާތަށް (ކޮންފަރެންސް ލީގަށް) އިހުތިރާމް ނުކުރީކީއެއް ނޫން. މިރޭގެ (ރޭގެ) މެޗުގައި އިދިކޮޅަށް ނުކުތް ޓީމަށް އިހުތިރާމް ނުުކުރީ. އަހަރެމެން މުޅި ސީޒަނުގައި ވެސް މި އައީ މި މުބާރާތަށް އިހުތިރާމް ކުރަމުން. އެކަން ފެންނާނެ. އެހެން ނަމަވެސް، ބައެއް މެޗުތަކުގައި ކުޅުންތެރިންގެ ފަރާތުން ފެނޭ އިދިކޮޅު ޓީމަށް ދޭން ޖެހޭ އިހުތިރާމް ނުދީ ތައްޔާރުވެގެން މެޗަށް އަންނަތަން،" މަރެސްކާ ބުންޏެވެ.
ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގައި ޗެލްސީން ކުޅޭނީ، ސްވިޑެންގެ ޖާގާޑެންއާ އެވެ.
ޗެލްސީން ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފިނަމަ، އެ ޓީމަށް ޔޫރޮޕާ ލީގުގެ ޖާގައެއް ޔަގީންވާނެ އެވެ. އެކަމަކު، ޗެލްސީން މަސައްކަތް ކުރަމުން އަންނަނީ، ޕްރިމިއާ ލީގުގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށެެވެ.
ޗެލްސީން އިދިކޮޅު ޓީމުތަކަށް އިހުތިރާމްކުރަން ދަސްކުރަންޖެހޭ ޗެލްސީން އިދިކޮޅު ޓީމުތަކަށް އިހުތިރާމްކުރަން ދަސްކުރަންޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ