ސްޕެޝިއަލް އޮލިމްޕިކްސްގެ ޗެއާޕާސަން އަކަށް އިއްބެ ސްޕެޝިއަލް އޮލިމްޕިކްސްގެ ޗެއާޕާސަން އަކަށް އިއްބެ

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯ މޯލްޑިވްސް)ގެ ޗެއާޕާސަންގެ މަގާމަށް އިބްރާހިމް ރަމީޒް (އިއްބެ) އިންތިހާބުކޮށްފި އެވެ.
މިއީ، އެސޯސިއޭޝަނެއްގެ ގޮތުގައި 2019 ގައި ހިނގަން ފެށި، ސްޕެޝަލް އޮލިމްޕިކްސްގެ ދެ ވަނަ ދައުރެވެ. ފުރަތަމަ ދައުރުގައި އިއްބެ މަސައްކަތް ކުރީ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގަ އެވެ. އެ މަގާމުގަައި ހުރެ، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެކިއެކި ހަރަކާތްތަކުގައި ލީޑަޝިޕް ދައްކައި، އެތުލީޓުން ބިނާކުރުމާއި އެކިއެކި ކުޅިވަރުތަކުގައި އިވެންޓް ސްޕެޝަލް އޮލިމްޕިކްސް އަށް ފުރުސަތު އިތުރުކުރުމަށް ބާރުއެޅި އެވެ.
ރޭ ޝީ ބިލްޑިންގައި ބޭއްވި އިންތިހާބުގައި، ޗެއާޕާސަން، ހަޒާންދާރު، އައިޑީ އެކްސްޕާޓް، ފެމިލީ ތަމްސީލްކުރާ މެމްބަރު އަދި އެތުލީޓުން ތަމްސީލްކުރާ މެމްބަރު، މީގެ އިން ކޮންމެ މަގާމަކަށް ކުރިމަތިލީ އެންމެ ފަރާތެއް ކަމަށްވުމުން، އެ މަގާމުތަކަށް މީހުން އިންތިހާބުކުރީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
ސްޕެޝަލް އޮލިމްޕިކްސް އަށް އަލަށް އިންތިހާބުވި ހިންގާ ކޮމިޓީ.
އަދި، ސެކްރެޓަރީ ޖެނެރަލް/ ނެޝަނަލް ޑިރެކްޓަރުގެ މަގާމަށް ދެ ފަރާތަކުން ކުރިމަތިލިއިރު، އާންމު މެމްބަރުންގެ ދެ މަގާމަށް ތިން ފަރާތަކުން ކުރިމަތިލި އެވެ.
އެ ގޮތުން، ސްޕެޝަލް އޮލިމްޕިކްސްގެ ހަޒާންދާރުގެ މަގާމަށް ސޮފްވާން ޝަމީމް ހޮވުނުއިރު، އައިޑީ އެކްސްޕާޓުގެ މަގާމަށް އަބްދުﷲ ޝާހު، ފެމިލީ ތަމްސީލްކުރާ މެމްބަރަކަށް ޝާދިޔާ އަބްދުލްހަމީދު، އެތުލީޓުން ތަމްސީލްކުރާ މެމްބަރަކަށް އިބްރާހިމް ރަބީތު ވަނީ އިންތިހާބުވެފަ އެވެ.
ސްޕެޝަލް އޮލިމްޕިކްސްގެ ސެކްރެޓަރީ ޖެނެރަލް/ނެޝަނަލް ޑިރެކްޓަރުގެ މަގާމަށް ކުރިން ވެސް އެ މަގާމު ފުރަމުން އައި، ފައިރޫޒާ އާދަމް (ފައިރޫ) ހޮވުނީ، މަރްޔަމް އަބްދުއްރަހީމްއާ ވާދަކުރަށެވެ. އާންމު މެމްބަރު ކަމަށް އިންތިހާބުވީ، އައިމިނަތު ޝިޔާނާ އާއި މުހައްމަދު އަފްރާހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ