ޓެކުމުގެ ދައުވާ އޮތް އަލްހާނުގެ އާ އިންވެސްޓްމެންޓް ސްކީމެއް

ކުރިން ހިންގި ސްކީމުގެ މައްސަލައިގައި އޭނާ އާއި އޭނާގެ ދެ ކޮއްކޮ ކަމަށްވާ ޝަހްބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ޓެކުމުގެ 39 ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އުފުލާފަ އެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް އިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ފައިސާ ނުދިން މައްސަލައިގައި ދައުވާކޮށްފައި ވަނިކޮށްއެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އަނެއްކާވެސް އާ އިންވެސްޓްމެންޓް ސްކީމެއްގައި ބައިވެރިވާ ހުޅުވާލައިފި އެވެ.
ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގި އިންވެސްޓްމަންޓް ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނުމާއެކު އަލްހާން ވަނީ އޭނާ ކުރިން ހިންގި ސްކީމް ދިފާއުކޮށް އިއްޔެ ބަޔާނެއް ނެރެފަ އެވެ."އަޅުގަނޑުގެ ކުންފުނި ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން ހިންގި އޮންލައިން ޓްރޭޑިން އިންވެސްޓްމަންޓް ޕްލޭން ތަކަކީ އެއްވެސް ހާލެއްގައި މަކާރާ ހީލަތުން މީހުންގެ ފައިސާ ޓަކަައިގަންނަން ހިންގި ޕޮންޒީ ސްކީމެއް ނޫން ކަމުގައި ދަންނަވަން،" އަލްހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއްވެސް ސަބަބެއް ނެތި ބޭންކް އޮފް މޯލްޑިވްސް އިން ކުންފުނީގެ އެކަައުންޓް ބަނދުކޮށް ވިޔަފާރި ހުއްޓުވުމާ ގުޅިގެން މީހުންނަށް ފައިސާ ނުދެވުނީ ކަމަށެވެ."އަޅުގަނޑު މިހުރީ އަދިވެސް ބަޔަކު އަޅުގަނޑާ ބައިވެރިވާނަމަ ޓްރޭޑްކޮށްގެން ފައިިދާ ހޯދައިދޭން ތައްޔާރަށް. ކުރިން އިންވެސްޓް ކޮށްގެން ފައިިދާ ލިބުނު މީހުންވެސް މަދެއް ނުވާނެ. އެކަން ހުއްޓުވުމާ ހަމަޔަށް ކިންގްސް އިން ދިޔައީ ފައިސާ ދެމުންކަން ރެކޯޑުތަކުން ސާފުކޮށް ފެންނަން ހުރިކަން ފާހަގަކުރަން،" އަލްހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލުން އޭނާއާއެކު ކްރިޕްޓޯ ކަރަންސީއިން އޮންލަައިން ޓްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ ފުރުސަތު ހުޅުވާލަން ގަސްތުކުރާ ކަމަށެވެ. އެގޮތުން ކްރިޕްޓޯ ޓްރޭޑިން އެކައުންޓަށް ޔޫއެސްޑީޓީ ޖަމާ ކުރުމުން، ޓްރޭޑްކޮށް، ދުވާލަކު މަަދުވެގެން 1.5 ޕަސެންޓުން ފެށިގެން މައްޗަށް ފައިދާ ހޯދައި، ފޮނުވުމަކީި ކުރެވިދާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.ކުރިން ހިންގި ސްކީމުގެ މައްސަލައިގައި އޭނާ އާއި އޭނާގެ ދެ ކޮއްކޮ ކަމަށްވާ ޝަހްބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ޓެކުމުގެ 39 ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އުފުލާފަ އެވެ.އެ ބަޔާނުގައި އަލްހާން ވިދާޅުވެފައި ވަނީ ޖިނާއީ ގޮތުން އޭނާގެ މައްޗަށް ދައުވާ ކުރަނީ 13 މީހެއްގެ އަތުން ފައިސާ ޓަކައިގެން ކަމަށާއި، ނަމަވެސް 1800 އެއްހާ މީހުން އެ ސްކީމުގައި ބައިވެރިވެފައިވާ ކަމަށެވެ. "1800 އެއްހާ މީހުން ބައިވެރިވި ކުންފުންޏަކުން ހިންގި މާލީ ވިޔަފާރީގެ މުއާމަލަތަކާއި ގުޅިގެން، ހަމައެކަނި 13 މީހެއްގެ ބަޔާން ނަގާ މަކަރާ ހީލަތުން އެ މީހުންގެ ފައިސާ ޓަކައިގެންފައިވާކަމަށް، ދައުވަކުރުމަކީ މިކަމުގައި ގާނޫނީި ގޮތުން ހަމަޖެހޭ ކަމެއްވެސް ނޫން،" އަލްހާން ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ