ތަވާގައި ހުރީ ހަމައެކަނި ދިވެހި ރަހަތަކެއް ނޫނެވެ. ހުޅުމާލޭ ނިރޮޅު މަގުގެ އެންމެ ހިތްފަސޭހަ ހިސާބުގައި ހުޅުވި މި ކެފޭގައި، އޭޝިއާ, އަރަބި އަދި އެހެން ބައްރުތަކުގެ ރަހަތައް އެބަ ހުއްޓެވެ.
ތަވާގެ މާނައަކީ އަނގަ ބޮޑުކޮށް ތިލަކޮށް ހުންނަ ކަންވާރެވެ. މިއީ އެއްޗެތި ކެއްކުމަށާއި ބައެއް ތަކެތި ފިހުމަށާއި ތެލުލުން ފަދަ ކަންކަމަށް ބޭނުންކުރާ އެއްޗެކެވެ.
ދެ ފަންގިފިލާއަށް ހަދާފައިވާ މި ކެފޭގެ މާހައުލަށް އިތުރު ފުރިހަމާއި ހިތްގައިމު ކަމެއް ގެނެސްދެނީ މިހާރު ތައާރަފު ކޮށްފައިވާ "ސޮފްޓު އޯޕަނިން މެނޫ" ގައި ހިޔާރުކުރަން ހުރި ކެއުންތަކާއި ބުއިންތައް ތަފާތުވުމާއި ރަހަ އެވެ.
"މިއީ ސޮފްޓު އޯޕަނިން ދުވަސްވަރު. މަހެއްހާ ދުވަސް ފަހުން ފުރިހަމައަށް ހުޅުވާނަން،" ތަވާގެ މެނޭޖަރު ބުންޏެވެ.
ތަވާގައި ހުރި ކެއުންތަކުގެ ތެރެއިން ދަ ތަވާސް ސިގްނެޗާ ރައިސް އާއި ބީފް ސްޓޭކް ވިތު މޭޝްއަކީ މިހާރު ވެސް ގިނަ ކަސްޓަމަރުންގެ އެންމެ މަގުބޫލު ހޮވުމެވެ. ނާސީ ގޮރެން އާއި ބާމީ ގޮރެން، ނޫޑްލްސްގެ ވައްތަރުތައް ތައްޔާރު ކުރަނީ ވެސް ތަޖުރިބާކާރު ޝެފުން، ދިވެހި ދޫތަކަށް ކަމުދާ ގޮތަށެވެ.
ބީފް ސަބްމެރިން އިން ފެށިގެން ކުލަބް ސޭންޑްވިޗްގެ ކޮންމެ ބައިޓެއްގައި ހިތްގައިމު ރަހައެއް އެކުލެވިފައި ވާއިރު، އެއާއެކު ކްރިސްޕީ ފްރައިސް ލިބެ އެވެ. ކުކުޅު ކަބާބު، ބީފް ކަބާބު، ޕެރީ-ޕެރީ ޗިކަން، އަދި ގްރިލްޑް މަހުގައި ހަނދާނުން ފިލުވައި ނުލެވޭ ފަދަ ސިއްރެއް އެކުލެވެ އެވެ.
ޖޫހާއި ބުއިންތައް ވެސް ތަފާތެވެ. ސާޅީހަކަށް ވުރެ ގިނަ ކްރިއޭޓިވް މޮކްޓެއިލް، ސްމޫތީ، ލަވާޒާ ކޮފީ، އަދި އެސްޕްރެސޯ އާއެކު ކޮންމެ މޫޑަކަށް ކަމުދާ ބުއިންތައް ތަވާގައި އެބަ ހުއްޓެވެ. އަހަރެންނަށް އެންމެ ކަމުދިޔައީ ދޮންކެޔޮ ކަޖޫ ލާތޭ އެވެ.
ކެއުންތަކަށް އިންސާފު ކުރުމަށް ފަހު، ފޮނި ނިމުމެއް ގެނެސް ދޭ ރަހަތައް ވެސް ހަމަ ތަފާތެވެ.
މިދުވަސްވަރު ތަވާ ހުޅުވަނީ މެންދުރު 12:00 އިން ފެށިގެންނެވެ.
ކުދި ފަންކްޝަންތަކާއި ކެއުންތަކާއި، އޮފީސް، އާއިލީ ޕާޓީތައް ބޭއްވޭނެ ތަނަވަސް ޖާގަ ތަވާގައި އެބަ އޮތެވެ. އައުޓު ޑޯއަށް ލޯބިކުރާނަމަ އެޖާގަ ވެސް އޮބަ އޮތެވެ. އަދި ޓޭކްއަވޭ ކައުންޓަރުން ވަގުތުން ކައުމާއި ބުއިން ތައްޔާރުކޮށްލަ އެވެ.
އަވަސް އެޕް، އަދި ފުޑީސް އެޕް މެދުވެރިކޮށް ވެސް ވަރަށް އަވަހަށް ތަވާއަށް އޯޑަރު ކޮށްލެވޭނެ އެވެ. މިއީ ހިތްގައިމު ތަވައެކެވެ.
ތަފާތު ރަހަތަކާއެކު ތަވާ ހުޅުވައިފި ތަފާތު ރަހަތަކާއެކު ތަވާ ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ