ތިން މަސް ނުވާ ބޭސް ސިޓީ އާކުރުމަށް ހުޅުމާލެ ހޮސްޕިޓަލުން ލުއި ގޮތެއް

ތިން މަސްދުވަސް ނުވާ ބޭސް ސިޓީ އާކުރުމަށް ހުޅުމާލެ ހޮސްޕިޓަލުން ލުއި ގޮތެއް ހަމަޖައްސައިފިއެވެ. އެގޮތުން ބޭސް ސިޓީ އާކުރުމަށް އެދޭނަމަ އެ ހޮސްޕިޓަލްގެ ނަންބަރު 9987747ކަށް ޓެލެގްރާމުން މެސެޖެއް ކޮށްލުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. ނުވަތަ އެ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމް (އީއާރް) ފަޅީގައި ބަހައްޓާފައިވާ ފޮއްޓަށް ބޭސް ސިޓީ ލައިދިނުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. ނަމަވެސް އެގޮތަށް އާކުރުމަށް ހުށަހަޅާ ބޭސް ސިޓީއަކީ ތިން މަސް ދުވަސް ހަމަނުވާ ބޭސް ސިޓީއަކަށް ވާންޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. https://x.com/HMH_mv/status/1936656833621418426 އެ ހޮސްޕިޓަލުން ވަނީ ޑޮކްޓަރަށް ދައްކައިގެން ބޭސް ސިޓީ އާކުރާނަމަ ހެނދުނު 08:00އިން ރޭގަނޑު 20:00އަށް އެ ހޮސްޕިޓަލްގެ އޯޕީޑީއަށް އައުމަށް އެދިފައެވެ. މި ބަދަލަކީ އެތައް ބަލިމީހުންނަށް އެކަމުގެ ލުއި ލިބޭނެ ކަމެކެވެ. އެއާއެކު ގިނަ ވަގުތު ކިއުގައި މަޑުކުރުމަށް ނިމުމެއް އައިސް އެ ޚިދުމަތް ފަސޭހަކަމާއެކު ހޯދުމަށް މަގުފަހިވާނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މީގެ ކުރިން އެހެން ހޮސްޕިޓަލްތަކުން ވެސް ފަސޭހަ ކަމާއެކު ބޭސް ސިޓީ ބަދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ