ރައީސަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ

ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެެއް ތަހުގީގުކުރަން ފަށައިފި އެވެ.މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ވިސްނަވާކަމަށް ރައީސް މުއިއްޒު ވިދާޅުވި ހަބަރެއް ޝެއާކޮށް އެމަނިކުފާނަށް މަރުގެ އިންޒާރު ދީ ކޮށްފައިވާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ރައީސަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭނާގެ އެ ޕޯސްޓާއެކު ގިނަ ބަޔަކު ވަނީ އެ މައްސަލަ ބެލުމަށް ގޮވާލައިފަ އެވެ.އެކަމަކު އެ މައްސަލަ ތަހުގީގުކުރަނީ ފުލުހުން އަމިއްލައަށް އިސްނަގައިގެން ކަމެއް ނުވަތަ މީހަކު ހުށަހަޅައިގެން ކަމަށް ފުލުހުން ނުބުނެ އެވެ.މީގެ ކުރިން ވެސް ރައީސަށް ސޯޝަލްމީޑިއާގައި މީހަކު މަރުގެ އިންޒާރުދިން މައްސަލައެއް ފެންމަތިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ