ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ނިންމެމުންދާއިރު ކުޅުދުއްފުށީގައި ފަތުރުވެރިކަމުން ނަފާ ހޯދޭނެ ގޮތްތަކަށް މަގުކޮށުމަށް ސިޓީ ކައުންސިލުން ހާއްސަ އިސްކަމެއްދެމުންދާކަމުގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކުގެ އެންމެ އިސްކަމެއް ދޭނެ އެއްކަމަކީ ރަށުގެ އިގްތިސޯދީ ކުރިއެރުމަށާއި ރައްޔިތުންގެ ފުދުންތެރިކަމަށް ކައުންސިލް ލެވެލްގައި ކުރެވެން ހުރި މަސައްކަތްތައް ކުރުންކަމުގަ އެވެ.
އެމޭރުމުން ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ނިމެމުންދާއިރު ރަށު ފަތުރުވެރިކަމުން ނަފާ ހޯދޭނެ ގޮތްތަކަށް މަގުކޮށުމަށް ކައުންސިލް މަސައްކަތު ތާވަލުގައި ބޮޑު މަސައްކަތެއް ހިމެނިފައިވާ ކަމަށާއި އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ކުޅުދުއްފުށީ ޓުއަރިޒަމް ޑިވެލޮޕްމެންޓް ޕްލޭން އެކުލަވާލާނެ ކަމަށެވެ.
އެ ޕްލޭންގެ ސިޔާސަތުތަކަށް ލަފާ ހޯދުމާއި ޕްލޭން ތަރައްގީވެގެން އަންނާނީ ރައްޔިތުންނާއެކު ބޭއްވޭ ބައްދަލުވުންތަކުގައި ލިބޭ ހިޔާލުތަކުގެ މައްޗަށްކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.
އަދި މީގެ އިތުރުން މަސައްކަތްތެރިން އުފެއްދުމަށް މިހާރުވެސް ހިންގާ ފަދައިން މީހުން ބިނާކުރުމަށް ކޯސްތައް ހިންގުންމަށް މިއަހަރުގެ ތާވަލުގައި އަދިވެސް ކުރިއަށް އެބަހުރިކަމަށް އާތިފް ވިދާޅުވި އެވެ.
ރަށު ފަތުރުވެރިކަމުން ނަފާ ހޯދުމުގެ މަގު ކޮށުމުގެ ގޮތުން ކުޅުދުއްފުށީ ޓުއަރިޒަމް އެޑްވައިޒަރީ ބޯޑެއްވެސް މިހާރު ވަނީ ކައުންސިލުން އެކުލަވާލަފަ އެވެ.
ރަށު ފަތުރުވެރިކަމުން ނަފާ ހޯދޭނެ ގޮތްތަކަށް މަގުކޮށުމަށް އަންނަނީ މަސައްކަތްތަކެއް ކުރެވެމުން: އާތިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ