ސަރުކާރުން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އިހްސާސްތަކާއި ވިންދު އެނގިވަޑައިގެންކަމަށާ، މުސާރަ އެއްހަމަކުރެވިގެން ދިޔަދިއުމާ މެދު ކަންބޮޑުވުމެއް ނުބޭއްވެވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގަތީ، ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ހިނގަމުން މިދާ 2025 ވަނަ އަހަރަށް ކަނޑައެޅުއްވި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ، މި ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފަށައިގެން އެއްހަމަ ކުރައްވާފައިވާއިރު، އެކަން ކުރެއްވީ ވަރަށް ބޮޑަށް ދިރާސާކުރައްވައިގެން ކަމަށާ، މުވައްޒަފުންގެ މުސާރަ ބޮޑުކުރެވުނީ ކުރިއަށް އޮތް ތަނުގައި، ހަގީގީ މާނާގައި އެކަމުގެ ފައިދާވާނެ ގޮތަށްކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ބަދަލާއެކު މުވައްޒަފުންގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައި އޮތް އެއް ކަމަކީ އިތުރުގަޑީގެ މަސައްކަތު ވަގުތާ މެދުގައިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މުސާރަ އެއްހަމަކުރުމުގެ ތެރެއިން އެކަން ހަމަޖެހިފައިވާ ގޮތުގެ ހުލާސާ މިސާލެއް، ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އަދި ވަކިވަކި ދާއިރާތަކުގައި ހުރި މިފަދަ ކަންބޮޑުވުންތައް، ޕޭ ކޮމިޝަނާ މަޝްވަރާކުރައްވައިގެން މުވައްޒަފުންނަށް ތަފްސީލުކޮށްދެއްވުމަށް ރައީސް ވަނީ އިދާރާތަކުގެ އިސްވެރީންނަށް ގޮވާލައްވާފައެވެ. ހަމަމިއާއެކު ކުރިމަތިވެދާނެ ހާއްސަ ހާލަތްތަކުގައި ވަކިކަހަލަ ނިންމުންތަކެއް ނިންމެވުމުގެ ބާރު ޕޭ ކޮމިޝަނަށް ލިބިފައި އޮތްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނީ ރައްޔިތުންނަށް އެކަމެއްގައި ހެޔޮގޮތް އޮންނާނެ ބީދައިންކަން ރައީސްގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ. ނޮވެންބަރު 1 ވަނަ ދުވަހުން ފަށައިގެން 20000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބާކީ ހުރި ދާއިރާތަކުގެ މުވައްޒަފުންނަށްވެސް އަންނަ އަހަރުގެ ތެރޭގައި އެކަން ހަމަޖެހޭނެކަމުގެ ޔަގީންކަންދެއްވާފައެވެ.
މުސާރަ އެއްހަމަކުރެވި، އެންމެ ދަށް އަސާސީ މުސާރައިގެ ގޮތުގައި 7000 ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، މިކަމުގެ ސަބަބުން މުވައްޒަފުގެ ޕެންޝަން ފަންޑަށްވެސް ހެޔޮ ބަދަލު އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ޕެންޝަން ފަންޑުގެ ބޭނުން ކުރުމަށްވެސް ލުއި ގޮތްތަކެއް ހައްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވަމުން ގެންދަވަނީ، ވަށާޖެހެނިވި ތަރައްގީއެއް ހޯއްދަވައި ދެއްވުމުގެ ނިޔަތުގައިކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ޢަމަލުކުރަން ފެއްޓެވި ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން، ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމުގެ ގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ.
ރައީސްގެ އައްޑޫ ދަތުރައް މުޅި ސިޓީ ތައްޔާރު! މި ފެށުނީ ފުވައްމުލަކު ސިޓީގެ ތަރައްގީގެ ވަރަށް މުހިންމު ބާބެއް: ރައީސް 355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫން: ފުލުހުން އެމްއެންޑީއެފުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ