އަފްޣާނިސްތާނަށް މިދިޔަ ހޯމަ ދުވަހު އައި ބިން ހެލުމާއި ގުޅިގެން އިންޑިއާއިން އެގައުމަށް ދޭ އެހީތެރިކަން އިތުރުކޮށްފިއެވެ.
ބިންހެލުމާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަން ޖައިޝަންކަރު ވަނީ އެދުވަހުން އެދުވަހަށް އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އާމިރް ޚާން މުއްތާޤީއަށް ފޯނުން ގުޅުއްވައި، އިންޑިއާގެ އެހީތެރިކަން ލިބޭނެކަން ހާމަކުރައްވާފައެވެ. އަދި އެ ދުވަހު 15 ޓަނުގެ ކާތަކެތި އިންޑިއާއިން ވަނީ އަފްޣާނިސްތާނަށް ފޮނުވާފައެވެ. ހަމައެއާއެކު ބޭހާއި ބޭސްފަރުވާއާއި ގުޅޭ ސާމާނުވެސް ވަރަށް އަވަހަށް ފޮނުއްވާނެކަން ޑރ ޖައިޝަންކަރު ހާމަކުރެއްވިއެވެ.
އަފްޣާނިސްތާނުގެ ފަރުބަދަމަތީ ސަރަޙައްދެއްކަމަށްވާ މަޒާރޭ ޝަރީފަށް އައި ބިންހެލުމުގައި 20 މީހަކު މަރުވެ، ހާހަކާއި ގާތްކުރާ އަދަދަކަށް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.
ހުޅަނގުގެ ޤައުމުތަކުން އަފްޣާނިސްތާނަށް ދެމުންދާ އެހީތެރިކަން އެއްކޮށް ކަހަލަ ގޮތަކަށް މިހާރު ހުއްޓިފައިވާއިރު، އެހުސްކަން ފޫބައްދަން ޗައިނާއިންވެސް މަސައްކަތްކުރެއެވެ. އެހެންނަމަވެސް 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން އަލުން ހޯދިފަހުން، އެގައުމަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދޭން އެންމެ ބޮޑު އެހީތެރިކަން ދެނީ އިންޑިއާއިންނެވެ.
ބިންހެލުމަށްފަހު އިންޑިއާގެ އެހީތެރިކަން އަފްޣާނިސްތާނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ