މޭޔަރު ކަމުގެ ދެވަނަ ދައުރެއްގެ ކެމްޕެއިން އާޒިމް ފައްޓަވައިފި

މާލޭގެ މޭޔަރު އާދަމް އާޒިމް، ދެ ވަނަ ދައުރަކަށް ކެމްޕެއިން ފައްޓަވައިފި އެވެ.އެނގިފައިވާ ގޮތުގައި އާޒިމް ރޭގައި ވަނީ އޭނާގެ ގާތްބޭފުޅުންނާއެކު ސޮލައިޓް ރެސްޓޯރެންޓްގައި ބައްދަލުވުމެއް ބާއްވައިފަ އެެވެ. އެ ބައްދަލު ކުރެއްވުމުގައި އާޒިމް ވަނީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ. އެމްޓީސީސީގެ ކުރީގެ ސީއީއޯގެ މަގާމު ވެސް އަދާކުރެއްވި އާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މާލޭގެ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ގިނަ ކަންތައްތަކެއް އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި މަގުތައް ހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މާލޭގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ބޭއްވި ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި އާޒިމް, އެންމެ ބޮޑަށް ވާދަ ކުރެއްވީ ސަރުކާރުގެ ކެންޑިޑޭޓް, ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއެވެ.އަންނަ އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮތްއިރު އެމްޑީޕީގެ ޓިކެޓަށް އާޒިމާ އެހެން ބޭފުޅުންތަކެއް ވާދަ ކުރައްވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އާޒިމް ފެނިގެން ދަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވަރަށް އަރިސްކޮށް އުޅުއްވާތަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ