ހިތަދޫގައި ފްލެޓެއްގެ މަތިން 15 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ މުސާރަ އެއްހަމަކުރެވިގެން ދިޔަދިއުމާ މެދު ކަންބޮޑުވުމެއް ނުބޭއްވެވުމަށް ރައީސް އެދިވަޑައިގެންފި ރައީސްގެ އައްޑޫ ދަތުރައް މުޅި ސިޓީ ތައްޔާރު! މި ފެށުނީ ފުވައްމުލަކު ސިޓީގެ ތަރައްގީގެ ވަރަށް މުހިނ

އައްޑޫ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމުން ދޭހަކޮށްދެނީ ރައްޔިތުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުކަން ކަމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އައްޑޫ ހުޅުދޫ އަދި މީދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރިއަށްގެންދިއުން ކަމަށެވެ.
މިކަން ދޭހަކޮށްދެނީ އައްޑޫ ހުޅުދޫ އަދި މީދޫ ރައްޔިތުންގެ އެދުމުގެ މަތިން ހިޔާލު ހޯދުމުގެ ވޯޓެއް ނަގައި، ދެ ރަށަށް ވަކި ކައުންސިލްތަކެއް ކަނޑައެޅުމަށް ގަރާރަކުން ރައީސް ޑރ. މުއިއްޒު ނިންމެވުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ރައްޔިތުން ބާރުވެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ނަތީޖާއަކީ ރައްޔިތުންގެ ފުރިހަމަ ތާއީދު ސަރުކާރަށް ލިބުންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ރައީސް ހުޅުދޫ މީދޫ އަށް ވަޑައިގަތުމުން އެ ދެ ރަށުން ވަނީ ރައީސަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ