ދައުރު ހަމަވުމުން ބީއެމްއެލްގެ ސީއެފްއޯ މަގާމުން ވަކިވެއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ނަންދަނަ ސެނެވިރަތުނެގެ އޭނާގެ މަގާމުގެ ދައުރު ހަމަކުރުމަށް ފަހު ބީއެމްއެލްއިން މިއަދު ވަކިވެއްޖެއެވެ. އޭނާ މަގާމުން ވަކިވެވަޑައިގަތީ 11 އަހަރު ބޭންކްގައި ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ. ބީއެމްއެލްގެ ފައިނޭންސްގެ ޑިވިޝަނަށް ނަންދަނަ ގެނެސްދެއްވި މުހިންމު ބަދަލުތަކަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވަނީ ޝުކުރުއަދާކުރެއްވާފައެވެ. ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސް ޑިވިޝަނުގައި މިހާރު ވެސް ދިވެހި ހަތަރު ޗާޓާޑް އެކައުންޓަންޓުން މަސައްކަތްކުރެއެވެ. އަދި، ބޭންކުގެ އޮޑިޓް ޑިޕާޓްމަންޓްގައި ދިވެހި ދެ ޗާޓާޑް އެކައުންޓަންޓުން މަސައްކަތްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ