ރައީސް ސާލިހާ ދެއްކި ވާހަކަ ރައްޔިތުން ބަލާކަށް ނުޖެހޭނެ: ގާސިމް

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެކު ކުރެވުނު މަޝްވަރާ ރައްޔިތުން ބަލަން ނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމަކަށްފަހު ގާސިމް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ކޯލިސަން ހެދުމާއި ގުޅޭގޮތުން ވާހަކަ ނުދައްކާ ކަމަށެވެ. ގާސިމް ވިދާޅުވީ ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ވާހަކަ ދައްކާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވަކިގޮތަކަށް ނިންމުމުން ކަމަށެވެ.
ގާސިމް ވިދާޅުވީ ޖޭޕީގެ ކައުންސިލުން ކޯލިޝަން ހެދުމާއި ގުޅޭގޮތުން ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޖަވާބުގައި ގާސިމް ވިދާޅުވީ އެވާހަކަ ދެއްކުމަށް ހިޔާލު ނުކުރައްވާ ކަމަށެވެ. ގާސިމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވަން އަދި ގަސްތުނުކުރައްވާ ކަމަށެވެ.
ރައީސް ސާލިހަށް ގާސިމް ހުށަހެޅުއްވި ހުށަހެޅުން ހާމަކުރުމަށް ދެކޮޅު ހައްދަވައި ގާސިމް ވިދާޅުވީ އަދި އެވަގުތު ނުޖެހޭ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ޖުމްހޫރީ ޕާޓީގެ ކޮންފަރެންސްގައި ތައުރީފް ކުރައްވައި އިސްލާހީ މަސައްކަތުގައި އެމަނިކުފާނާއި ގާސިމް އާއި އެކީގައި އުޅުއްވި ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ގާސިމްއަށް އެހީތެރިކަން ބޭނުންވި ވަގުތު ފޯރުކޮށްދިންކަން ފާހަގަ ކޮށް ޝުކުރު އަދާ ކުރައްވާފައެވެ.
ގާސިމް ވިދާޅުވީ އޭނާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ރަނގަޅު ވާހަކަ ދައްކަވައި މިހާރުގެ ރައީސް ސާލިހްގެ ރަނގަޅު ވާހަކަ ނުދައްކަވާ ކަމަށް ބަޔަކަަށް ހީވެދާނެ ކަމަށް ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ވަނީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުމަށް ގޮވާލާ ހުށަހެޅި ގަރާރު ފާސްކޮށްފައެވެ. އަދި ޕާޓީގެ އިންތިހާބީ މަގާމްތަކަށް މެމްބަރުން އިންތިހާބު ކޮށްފައެވެ. އޭގެ ތެރޭގައި 4 ނައިބު ލީޑަރުންނާއި ކައުންސިލަށް އައްޔަން ކުރާ 25 މެމްބަރުން ނާއި ލީޑަރުގެ ހަ އެޑްވައިޒަރުން  ވަނީ އިންތިހާބު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ