ރިޔާސީ އިންތިހާބުގައި އުމަރުގެ ކެމްޕެއިނާ ގުޅެން ދައުވަތު އަރުވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕެއިނާ ގުޅުމަށް ދައުވަތު އަރުވައިފި އެވެ.ވީޑިއޯ މެސެޖަކާއެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ ވޭތުވެދިޔަ ދެ ދިހަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެރިކަން ކުރި ކޮރަޕްޓް ސަރުކާރުތަކުގެ ސަބަބުން މުޅި ގައުމު ވަނީ ބޮޑު ދަރަންޏެއްގެ ތެރެއަށް ވައްޓާލާފައެވެ. އަދި މިހާރު އޮތް ސިޔާސީ ނިޒާމު ބަދަލުކޮށް، ގައުމު ހިންގުމުގެ އާ ޒަމާނެއް ފަށަންޖޭހޭ ވަގުތު އަތުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.އުމަރު ވިދާޅުވީ މިއީ ގައުމު ހިންގުމުގެ ނިޒާމަށް އާ ބަދަލުތަކެއް ގެންނަންވީ ވަގުތު ކަމަށާއި ވަރުގަދަ ހަރުދަނާ ލީޑަޝިޕެއް ގައުމަށް ބޭނުންވާ ކަމަށެވެ.އެ ގޮތުން ގައުމު އާ މިސްރާބަކަށް ގެންގޮސް ހަމައެކަނި ސިޔާސީ ޕާޓީތަކުގެ މީހުންނަށް ފުރުސަތުތައް ފަހިވުމުގެ ބަދަލުގައި އެންމެންނަށްވެސް ފުރުސަތު ފަހިކުރުމަށް އުމަރުގެ ކެމްޕެއިނާ ގުޅުމަށް އޭނާ ވަނީ ދައުވަތު އަރުވާފަ އެވެ."ހައްލަކީ އުމަރު" ގައި ވޮލަންޓިއާ ކުރުމަށް މެސެޖު ކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ