ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ޔަމަނުގެ ހޫތީން ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ސައުދީގެ ރައްޔިތުންގެ މުދަލާއި ފުރާނައަށް ނުރައްކާވާ ގޮތަށް ދެވޭ މިފަދަ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
Zetta Enterprises Pvt Ltd
Zetta Enterprises Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MGH Group of Companies
ދިވެހި ސަރުކާރުން ދެކޭގޮތުގައި މިއީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމުގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ދަނޑިވަޅުގައި ރާއްޖެއިން އޮތީ ސައޫދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާ އެކުގައިކަން ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އޭގެއިތުރުން ދިވެހި ސަރުކާރުން ބުނީ ސައޫދީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، އެ ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމަށް އެ ގައުމުގެ ސަރުކާރުން އަޅަމުންދާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަށެވެ.
ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ދެމެހެއްޓުމުގެ މުހިންމުކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ. އަލުން ހަމަނުޖެހުންތަކަށް ފުރުސަތު ނުދިނުމަށާއި، ސަރަހައްދީ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި މަޝްވަރާގެ އުސޫލު އިސްކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.
ދޭދޭ ގައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރުމުގައި ޑިޕްލޮމެސީގެ ބޭނުން ހިފުމަކީ ދާއިމީ ސުލްހައެއް ގާއިމުކުރުމަށް އޮތް އެންމެ ރަނގަޅު މަގުކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ހޫތީން ސައުދީއަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފައިވާއިރު، މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގައި އިރާނަށް ދެމުންދާ ހަމަލާތަކަށް ދިވެހި ސަރުކާރުން ދަނީ ބީރު ކަންފަތެއް ދެމުންނެވެ.
ސައުދީއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ