އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި އެންޑްރޫ ބާނަމްއަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މުއިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީގައި، ބާނަމް މަތިކުރެވުނު އާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒާމާންވީ ތާރީހީ ރަހުމަތްތެރިކަމާއި އެއްބާރުލުން ދިނުމުގެ ގުޅުމަށް ދިވެހި ސަރުކާރުން ދޭ ހާއްސަ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި އިނގިރޭސިވިލާތުން ވެދީފައިވާ އެހީތެރިކަމަށް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
MU STORE
މީގެ އިތުރުން، ދެ ގައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ބޮޑުވަޒީރު ބާނަމްއާއެކު ގާތުން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، ކުރިއަށް އޮތް ތަނުގައި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
ބާނަމް އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ، ބަކިންގްހަމް ޕެލަސްގައި ރަސްގެފާނު ޗާލްސް، ސަރުކާރެއް އެކުލަވާލެއްވުމަށް ރަސްމީކޮށް ދަންނެވުމާ ގުޅިގެންނެވެ. ވެރިކަމުގެ ބާރުތައް ބާނަމްއަށް ލިބިވަޑައިގަތީ، ވެރިކަންކުރާ ލޭބާ ޕާޓީގެ ލީޑަރުކަމުން ސްޓާމާ އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ޕާޓީގެ އާ ލީޑަރަކަށް އޭނާ އިންތިހާބުވުމުންނެވެ.
އިނގިރޭސިވިލާތުގެ ބަރުލަމާނީ ނިޒާމު އޮންނަ ގޮތުން، އާންމު އިންތިހާބަކާ ނުލައި ވެރިކަންކުރާ ޕާޓީގެ ލީޑަރު ބަދަލުކޮށް، ގައުމުގެ ބޮޑުވަޒީރު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންވެ އެވެ. އުމުރުފުޅުން 56 އަހަރުގެ ބާނަމްއަކީ 2016 ވަނަ އަހަރުގެ ފަހުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި 7 ވަނަ ބޭފުޅާއެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު 10 ޑައުނިންގް ސްޓްރީޓްގެ ބޭރުގައި ވާހަކަދައްކަވަމުން ބާންހަމް ވިދާޅުވީ، މިއީ ފުންކޮށް ވިސްނައި، އާ އަޒުމަކައިގެން ކުރިއަށްދާންވީ ވަގުތެއް ކަމަށެވެ. އަދި އިނގިރޭސިވިލާތަށް 10 އަހަރުގެ ޕްލޭނެއް ހުށަހަޅުއްވާނެ ކަމަށާއި، މަގުމަތީގައި ނިދާ މީހުންގެ އަދަދު މަދުކޮށް، ދިރިއުޅުމުގެ ފެންވަރު މަތިކޮށް، 1980 ގެ އަހަރުތަކުން ފެށިގެން ނުބައި މިސްރާބަކަށް ގޮސްފައިވާ ސިޔާސީ އަދި އިގްތިސާދީ ނިޒާމަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މެންޗެސްޓާގެ ކުރީގެ މޭޔަރު ބާނަމްއަކީ ލޭބާ ޕާޓީގެ ލީޑަރުކަމުގެ ވާދަވެރިކަމުގައި ކުރިމަތިލެއްވި އެކަނި ކެންޑިޑޭޓެވެ. އޭނާއަށް ޕާޓީގެ 403 މަޖިލިސް މެންބަރުންގެ ތެރެއިން 379 މެންބަރުންގެ ތާއީދު ލިބިވަޑައިގެންނެވިއެވެ.
މަގާމުން އިސްތިއުފާ ދެއްވި ސްޓާމާ ވަނީ، މީގެ ދެ އަހަރު ކުރިން އޭނާ ބޮޑުވަޒީރުކަމާ ހަވާލުވިިއިރަށްވުރެ އިނގިރޭސިވިލާތް މިހާރު މާ ވަރުގަދަ އަދި އިންސާފުވެރި ކަމަށް ވިދާޅުވެ، އޭނާގެ މަސައްކަތް ނިމިއްޖެ ކަމަށް ފާހަގަކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ބާނަމް އަށް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ