ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އައި އިންޑިއާ ބައެއްގެ އަތުން 5.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން މިއަދު ބުނީ ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5.5 ކިލޯއަށް ވުރެ ގިނަ ކެނަބިސް އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
ތަފްސީލް - މި ތަކެތި އަތުލައިގަތީ އިންޑިއާ އިން ރާއްޖެ އައި އެ ގައުމުގެ 2 ފަސިންޖަރެއްގެ ލަގެޖުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ ދެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކު ކުރެވިގެން ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އައްޑުއަށް އައި އިންޑިއާ ބައެއްގެ ދަބަހުން 5.5 ކިލޯގެ ކެނަބިސް އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ