ރިޝީފްއަށް ވަޒީފާދޭން ސުޕްރީމް ކޯޓުންވެސް ތާއިދު

އަންހެން ކުއްޖަކު ރޭޕްކުރަން އިރުޝާދު ދިން ކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި ޗީފް އިންސްޕެކްޓާރ އޮފް ޕޮލިސް ހުސެއިން ރިޝީފްއަށް ވަޒީފާ ދިނުމަށް ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުންވެސް ތާއީދު ކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައިވަނީ ރޭޕްކުރި އަންހެން ކުއްޖާގެ ބަޔާނުގައި ރިޝީފް އެ އަންހެން ކުއްޖާ ރޭޕްކުރަން އިރުޝާދު ދިންކަން އެނގެން ނެތް ކަމަށެވެ.
އަދި އެ ރޭ އެކުއްޖާ ރޭޕްކުރި ކަމަށް ބުނާ ކާރުގައި ތިބި މީހުންނަށް އެރޭ ރިޝީފް ގުޅިނަމަވެސް ރިޝީފް އެ އަންހެން ކުއްޖާ ރޭޕް ކުރަން އިރުޝާދު ދިންކަން އެނގޭ އެއްވެސް ފޯނުކޯލް ރިކޯޑިންގ އެއް ނެތް ކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.
އަދި މި މައްސަލައިގައި ހައި ކޯޓުން ކޮށްފައިވާ ހުކުމަކީ ސައްހަ ހުކުމެއް ކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ބުނެފައި ވެއެވެ.
މިކަމާ ގުޅޭ ގޮތުން މީގެ ކުރިން ފުލުހުން ބުނެފައި ވަނީ ފުލުހުންގެ ވަޒީފާއިން ވަކި ކުރެޥޭ ފަރާތް ތަކަށް އަލުން ވަޒީފާ ދެވޭނީ ޝަރުޢީ ހުރިހާ މަރުހަލާ ތަކެއް ނިމުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ