4 ފުޅި ހުވަނދުލިބޭ ސުވާލު: ހެނދުނާއި ހަވީރު އެ 3 ސޫރަތް ކިޔެވުމުން އެމީހަކަށް ބޭނުންވާ ރައްކައުތެރިކަން ލިބޭ 3 ސޫރަތަކީ ކޮބާ؟
عن عَبْدِ اللَّهِ بْنِ خُبَيْبٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَهُ قُلْ فَقُلْتُ مَا أَقُولُ قَالَ قُلْ قُلْ هُوَ اللَّهُ أَحَدٌ وَالْمُعَوِّذَتَيْنِ يعني الفلق والناس حِينَ تُمْسِي وَتُصْبِحُ ثَلَاثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ
3575 سنن الترمذي كتاب الدعوات باب في انتظار الفرج وغير ذلك
އަލް ތިރުމިޛީ ރިވާކުރައްވާފައިވާ މި ޙަދީޘްފުޅުން އެނގެނީ ހެނދުނާއި ހަވީރު، އަލް އިޚްލާޞް، އަލް ފަލަޤް އަދި އައްނާސް 3 ސޫރަތް، ކޮންމެ ސޫރަތެއް 3 ފަހަރު ކިޔަވާ މީހަކަށް އެމީހާއަށް ބޭނުންވާ ރައްކައުތެރިކަން ﷲ ތަޢާލާ ދެއްވަވާނެ ކަމެވެ.
Abdullah ibn Khubayb reported: The Messenger of Allah, peace and blessings be upon him, said, “Speak.” I said, “What should I say?” The Prophet said,
“Say: He is Allah, the One, (112:1) and the two chapters of refuge, al-Falaq and al-Nas, every evening and morning three times. They will be enough for you against everything.”
Source: Sunan al-Tirmidhī 3575
_____________________________________________
ރަމަޟާން މަހުން ފެށިގެން މިއަދުނޫހުން ކިޔުންތެރިންނަށްޓަކައި ކޮންމެ ދުވަހަކު ހުށަހަޅަމުން އައި ސުވާލުތަކަށް ކިޔުންތެރިންގެ ޝައުޤުވެރިކަން ބޮޑުވުމުން ޝައްވާލުމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިއަކަށް، ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ދިނުމަށްވަނީ 2 ކިޔުންތެރިން ހޮވައިފައެވެ. ޕޭޖްގައި އެކަން އިއުލާނުކުރުމުގެ އިތުރުން އެކިޔުންތެރިއަކަށް ވަކިން މެސެންޖަރުންވެސް ވާނީ އެންގިފައެވެ. އިނާމަށް ހޮވުނު ވަރަށް ގިނަ ބޭފުޅުން ވަނީ އިނާމު ގެންދަވައިފައެވެ. ނުގެންދަވާ ތިއްބެވި ބޭފުޅުންގެ އަރިހުންވެސް އެދެނީ 7788020 އަށް ގުޅުއްވައި ވީހާއަވަހަކަށް އިނާމު ހޯއްދެވުމެވެ.
މިއަދުނޫހުން ހުށަހަޅަމުން މިގެންދަނީ ވަރަށް އާދައިގެ ކުދިކުދި ސުވާލުތަކެކެވެ. ބޭނުމަކީ އެކަންކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމެވެ. އިތުރަށް ހޭލުންތެރިކުރުވުމެވެ. އެކަމަށް ކިޔުންތެރިން ދެއްވާ ސަމާލުކަމަށް ބަލައި މި މަސައްކަތް ހުޓާނުލައި ކުރިއަށް ގެންދަން ނިންމައިފީމެވެ. ކޮންމެ ދުވަހަކުވެސް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ.
ނަމަވެސް މިވަގުތު އިނާމު ދިނުމަށް ހޮވާނީ ހަފްތާއަކު 2 ކިޔުންތެރިންނެވެ. އަދަދު އިތުރުކުރަން މިގެންދަނީ މަސައްކަތްކުރަމުންނެވެ.
މިއަދުނޫހަށް ކިޔުންތެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އިނާމެއް ހުށަނާޅައި ސުވާލެއް ހުށަހެޅިނަމަވެސް ވަރަށް ގިނަ އަދަދެއްގެ ކިޔުންތެރިން ޖަވާބު ދެއްވާކަން ފާހަކަ ކުރެވެއެވެ. ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.
4 ފުޅި ހުވަނދުލިބޭ ސުވާލު: ހެނދުނާއި ހަވީރު އެ 3 ސޫރަތް ކިޔެވުމުން އެމީހަކަށް ބޭނުންވާ ރައްކައުތެރިކަން ލިބޭ 3 ސޫރަތަކީ ކޮބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ