ސްކޫލް ކުރިކެޓް ލީގް: އިއްޔެގެ މެޗްތައް ޣިޔާޒުއްދީނަށާއި ތާޖުއްދީނަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިންތިޒާމްކޮށްގެން މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ސްކޫލް ކުރިކެޓް ލީގުގައި އިއްޔެ ވެސް ވަނީ ދެ މެއްޗެއް ކުޅެފަ އެވެ.
ކުޅިވަރު އެކުވެނީގެ އެންނަންބަރ ދަނޑުގައި އިއްޔެ ކުޅުނު ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗް ގިޔާޒުއްދީން އިންޓަނޭޝަނަލް ސުކޫލުން ކާމިޔާބު ކުރިއިރު، ދެ ވަނަ މެޗް ކާމިޔާބުކުރީ ތާޖުއްދީން ސުކޫލުންނެވެ.
އިއްޔެ ކުޅުނު ފުރަތަމަ މެޗް 10 ވިކެޓުން ގިޔާޒުއްދީން ސްކޫލުން ކާމިޔާބުކުރީ ބިލަބޮންގް އިންޓަނޭޝަނަލް ސުކޫލާއި ވާދަކޮށެވެ. މި މެޗްގައި ފުރަތަމަ ޓޮސް ދިމާވުމުން ބިލަބޮންގް ކުޅެން އަރާ ހުރިހާ ކުޅުން ތެރިން ނުބައިވެގެން ހަދާފައި ވަނީ 20 ލަނޑެވެ. ޖަވާބުގައި ޣިޔާސުއްދީން ކުޅެންއަރާ އެއްވެސް ކުޅުންތެރިއެއް ނުބައި ނުވެ 22 ލަނޑު ހެދި އިރު، އެންމެ ރަނގަޅަށް ކުޅުނީ 12 ލަނޑު ހެދި ސްކޫލްގެ ޖިނާހްއެވެ.
މީގެއިތުން އިއްޔެ ކުޅުނު ދެވަނަ މެޗް ނުވަ ވިކެޓުން ތާޖުއްދީން ސުކޫލް މެޗް ކާމިޔާބު ކުރީ އިމާދުއްދީން ސުކޫލާއި ވާދަކޮށެވެ.
މިމެޗްގައި ފުރަތަމަ ޓޮސް ދިމާވެގެން އިމާދުއްދީން ކުޅެންއަރާ ހަ ކުޅުންތެރިން ނުބައިވެގެން 29 ލަނޑުހެދިއެވެ. ޖަވާބުގައި ތާޖުއްދީން ކުޅެންއަރާ، އެންމެ ކުޅުންތެރިއެއް ނުބައިވެގެން 30 ލަނޑު ހެދިއިރު، މިމެޗްގައި އެންމެ ރަނގަޅަށް ކުޅުނީ 21 ލަނޑުހެދި ތާޖުއްދީން ސުކޫލްގެ އިކްރަމްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ