މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ހޫގޯ ސްވަޔާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ހޫގޯ ސްވިއްޔާއާ ބައްދަލު ކުރުމަށްފަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހޫގޯ ސްވަޔާ އެމަނިކުފާނާ ބައްދަލުކުރެއްވުމުން އުފާކުރައްވާކަމަށާއި މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިނގިރޭސިވިލާތާއި ދެގައުމުގެ ދޭތެރޭ ގާއިމްވެފައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ.
ހޫގޯ ސްވަޔާ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާން މިއަދު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާވެސް ބައްދަލު ކުރައްވާފައެވެ.
މީގެއިތުރުން ހޫގޯ ސްވަޔާ މިއަދު ވަނީ އެމްޑީޕީގެ އިސް ވެރިންގެ އިތުރުން އަދާލަތީ ޕާޓީގެ އިސް މެމްބަރު ޝިދާތާ ޝަރީފް އަދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެމްބަރު އަހުމަދު މަހުލޫފާ ވެސް ބައްދަލުކުރައްވާފައެވެ.
ހޫގޯ ސްވަޔާގެ މިދަތުރު ފުޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވީނިއުސްއަށް ވަނީ އިނގިފައެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ރައީސް މައުމޫން ހޫގޯ ސްވަޔާއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ