އެންމެ ބޮޑަށް އަނިޔާ ދިނުމަށް މަސައްކަތް ކުރީ އެންމެ ކައިރިން ކަމަށާއި ނަމަވެސް އާދީޢްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ދެރަގޮތެއް ނުހެދުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އާދޭސް ދަންނަވައިފިއެވެ.
ހަމައެކަނި ރަންވޭއެއް ހަދާފައިވާ ކުޅުދުއްފުށީ އެއާޕޯޓް ހުޅުއްވާ ދެއްވަމުން މިއަދު މެމްދުރުފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަންވައްޓާލާ އަނިޔާ ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ އެންމެ ގާތުން ކަމުގައެވެ. އަދި އެކަން އާއިލާގެ ތެރެއިން އައިކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ވެހެމުންދިޔަ ވާރޭގައި ރައްޔިތުންނަށް އާދޭސް ދަންނަވާ ރައީސް ޔާމީންވަނީ އަން އާދީއްތަ ދުވަހު ވޯޓް ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ޔާމީނާއި އެކު ރައްޔިތުން ތިބޭނެކަމަށް އުއްމީދުކުރައްވާކަމަށާއި ރައްޔިތުން އެމަނިކުފާނަށް ވޯޓް ނުދީފިނަމަ އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރާނީ ކާކުތޯ ރައީސް ސުވާލު އުފެއްދެވިއެވެ.
މި ސަރުކާރަށްވުރެ ބޮޑަށް އުނދަގުލުގައި ކަންކަން ކުރި ސަރުކާރެއް ނޯންނާނެކަމަށާއި ނަމަވެސް ރައްޔިތުންނަށް ހިދުމަތްކޮށް ވަރަށް ގިނަ ކަންކަން ކުރެވޭތޯ މިސަރުކާރުން ބަލާފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދު އައިސް ކުޅުދުއްފުށީގައި ވާހަކަ ދެކެވެނީ ﷲގެ ހަމްދަރުދީ އާއި ރަހުމް ރައީސް ޔާމީނާއި އެކުގައި ވުމުން ކަމުގައެވެ.
ރައީސް ޔާމީން ވިދާޅުވީ އާއިލާގެ ތެެރެއިންނާއި ޝަރުއީ ނިޒާމުގެ ތެރެއިން އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ސިފައިންނާއި ފުލުހުންގެ ތެރެއިންވެސް ރައީސް ޔާމީނަށް އަނިޔާދީ ވެރިކަން ނިންމުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމުގައެވެ. ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާއަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ލޯންޗްވެސް ފުނޑުފުނޑުވާވަރަށް ގޮވާލާފައިވާ ކަމުގައެވެ.
ރައީސް ޔާމީން ވަނީ މީގެ ދެ ދުވަސް ފަހުން ކުރިމަތިލާން ޖެހޭނީ ރައީސް ޔާމީން ވެރިކަމުގައި ބެހެއްޓުމަށް ރައްޔިތުން ބޭނުންވޭތޯ ކުރެވޭ ސުވާލާއި ކަމުގައެވެ. އަދި ރައްޔިތުންވެސް އަމަލު ކުރާނީ އެންމެ ގާތް މީހުން އަމަލުކުރި ގޮތައްތޯ ރައީސް ސުވާލު ކުރެއްވިއެވެ.
ރައީސް ޔާމީންގެ އާދޭސް: ރައްޔިތުން އަޅުގަނޑަށް ދެރަގޮތެއް ނުހަދާތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ