ކުރީގެ މަޖިލިސް މެމްބަރު ސައުދުގެ ބަންދަށްވެސް 15 ދުވަސް ޖަހައިފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ސަޢުދު ހުސައިންގެ ބަންދަށްވެސް 15 ދުވަސް ޖަހައިފިއެވެ.
މިރޭގެ ވަގުތެއްގައި ކްރިމިނަލް ކޯޓުން ސައުދުގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ މަޖިލިސް ގޮނޑި ގެއްލިފައި ވަނިކޮށް، މިމަހުގެ 24 ވަނަ ދުވަހު ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫއަޅުވާލައި މަޖިލިސް އިދާރާއަށް ވަނުމުން އެމައްސަލައިގައެވެ.
ސައުދުގެ އިތުރުން މަޖިލިސް ގޮނޑި ގެއްލިފައިވާ އަމީތުގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ