އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަަކުން ކަރަންޓް ކެނޑިއްޖެ

އައްޑޫ ސިޓީގެ ގުޅިފައިވާ ހުރިހާ ރަށްތަކަކުން ކަރަންޓް ކަނޑައިގެން ހިނގައްކެ އެވެ.
ސަން އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވީ އިންޖީނަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން މީގެ ކުޑައިރުކޮޅެއް ކުރިން ކަރަންޓް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ އެކި ރަށްތަކުން ކަރަންޓް ކެނޑުމަކީ އަބަދުވެސް ދިމާވަމުން އަންނަ މައްސަލައެއް ކަމަށާއި މިއަދާ ހަމައަށް ވެސް އެ މައްސަލަ ހައްލުވެފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ފެނަކަ ކޯޕްރޭޝަންއާ ގުޅައިގެން އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެ ބޭފުޅުންގެ ފަރާތުން އެދެވޭ ގޮތެއްގައި އެއްބާރުލުން ލިބެމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫ ޔުޓިލިޓީސްގެ ފަރާތުން ސަން އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ މިހާރު އިންޖީނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ