ސިއްރު ހެކިންނާ ބެހޭ ގޮތުން މައުމޫން ކުރެއްވި ޓްވީޓު ޑިލިޓު ކުރައްވައިފި

ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށް ވިދާޅުވެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ރޭ ކުރެއްވި ޓްވީޓު ޑިލިޓު ކުރައްވައިފިއެވެ.
ރައީސް މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށާއި، ގުރުއާނާއި، ސުންނަތާއި އިމާމުންގެ ބަސްފުޅުތަކުގައި ވެސް ސިއްރު ހެކިންގެ ވާހަކަ ނެތް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން އެ ޓްވީޓު ޑިލިޓު ކުރެއްވި އިރު އެހެން ތްވީޓު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ.
އެގޮތުން ސިއްރު ހެކި ބޭނުންކޮށްގެން ރައީސް މައުމޫންގެ ސަރުކާރުގައި ވެސް މީހުން ޖަލަށްލި ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. މީގެ ކުރިން 2013 ވަނަ އަހަރުގެ އިންތިހާބުގައި ވެސް ސިއްރު ހެކި ހުށަހެޅި ކަމަށާއި އޭރު އެކަމާ ދެކޮޅު ނުހެއްދެވީ ކީއްވެގެންތޯ ވެސް ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.
ސިއްރު ހެެކި ބަހަކީ އިސްލާމީ ޝަރީއަތގައި އޮންނަ އެއްޗެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވި އިރު އިންތިހާބު ބާތިލު ކުރަން ރައީސް އަބްދުﷲ ޔާމީން ހުާށަހެޅުއްވި މައްސަލާގައި ސިއްރު ހެކިތަކެއް ހުށަހަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ