އެންމެން ސަމާލުވޭ މޫސުން ވަރަށް ގޯސް ވެދާނެ!

ރާއްޖެއަށް މޫސުން ގޯސްވުމުގެ ސަބަބުން ދިމާ ވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅު އަޅައިގެން ތިބުމަށް ޑިޒާސްޓާ މެނޭޖްމެންޓުން އިލްތިމާސެއް ކޮށްފި އެވެ.
މި އިލްތިމާސް ކޮށްފައި ވަނީ ރާއްޖެގެ ދެކުނުގެ އަތޮޅުތަކަށް މާދަމާއިން ފެށިގެން ބޮޑު ބަޔަކަށް ވިއްސާރާ ކުރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވެސް ލާފާކޮށްފައި ވަނިކޮށެވެ.
ސަމާލުވާންޖެހޭ ބައެއް ކަންކަން
ޑިޒާސްޓާއިން ސަމާލު ކަމަށް ގެނެސްފައިވާ ކަންކަމުގެ ތެރޭގައި ވާރޭ ވެހި ފެން ބޮޑު ވެދާނެ ކަމަށް ކުރިޔާލާ ތައްޔާރުން ވެގެން ތިބުމާއި ދިރިއުޅޭ ގެއަށް ފެން ނުވަންނާނެ ފަދަ ފިޔަވަޅުތައް އަޅައި ވެލިބަސްތާ ޖެހުން ހިމެނެ އެވެ. އަދި ފެން ބޮޑުވެއްޖެ ނަމަ ގެއްލުންވާނެ ފަދަ މުދާ އުސްތަންތަނަށް ބަދަލު ކުރަން އެދިފައި ވެއެވެ. މީގެ އިތުރުން ކޮޅިގަނޑުގައި ވައި ގަދަވެ ގޭގެ ފުރާޅު އެއްލާލާނެ ކަމަށް ލަފާކުރެވޭނަމަ ދުރާލައި ރައްކާތެރި ފިޔަވަޅު އަޅަން ވެސް އެދިފައި ވެއެވެ.
އަދި ކަރަންޓު ސާމާނު ބޭނުން ނުކުރާނަމަ އެފަދަ އާލާތައް ނިއްވާލާފައި ކަރަންޓު ކަނޑާލާފައި ބެހެއްޓުމަށާއި މޫސުމަށް ބަލައިގެން ކަނޑު ދަތުރުތަކަށް އެރުމަށް އެދިފައިވެ އެވެ
މޫސުން ގޯސްވެ ލިބޭ ގެއްލުންތަކުގެ މައުލޫމާތު 48 ގަޑިއިރު ތެރޭ ޑިޒާސްޓާއަށް އަންގަން ވެސް އެދިފައި ވެއެވެ.
ކުރިޔަށް އޮތް ދުވަސް ތަކުގައި ރާއްޖޭގެ ދެކުނުގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ