މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ އަވަހާރަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓަރެއްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބ. ކެންދޫ ގަދަގޭ ހުސައިން އަބްދުﷲ 45، އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ.
ހުސައިން އަބްދުﷲ ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ތިން އަހަރެއްހާ ދުވަސް ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި އިއްޔެވެސް އޮފީހުގެ މަސައްކަތަށް ނިކުމެވަޑައިގެން އުޅުއްވި ހުސެއިން އަބްދުﷲ އަވަހާރަވީ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗަށް ރޭ ގެންދަވައި ފަރުވާ ދެމުން އަންނަނިކޮށެވެ.
ހުސެއިން އަބްދުﷲގެ ކަށުނަމާދު އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ
ހުސައިން އަވަހާރަވިއިރު ހުންނެވީ އަރަބިއްޔާ ސްކޫލްގެ ގުރޫޕް ލީޑަރެއްގެ މަގާމުގަ އެވެ. ނަމަވެސް އާލާސްކަންފުޅާ ގުޅިގެން، ސްކައުޓް ހަރަކާތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިނުގަންނަވާތާ އަހަރެއްހާ ދުވަސް ވެދާނެ ކަމަށް ވެ އެވެ.
ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރ ހުސައިން އަބްދުﷲ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ