ހުސްވެެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް އެޕާޓީގެ ބާނީ ގާސިމް އިބްރާހިމް ކުރިމަތި ލައްވައިފިއެވެ.
ގާސިމް ލީޑަރުގެ މަގާމަށް ކުރިމަތިލެއްްވީ އެމަގާމު ހުސްވުމާއި ގުޅިގެން ލީޑަރަކު އިންތިހާބުކުރުމަށް ފުރުސަތު ހުޅުވާލުމާއި ގުޅިގެންނެވެ.
ގާސިމް ވަނީ މިއަދު ލީޑަރުކަމުގެ ސިޓީ ޕާޓީގެ ރައީސް އަލީ ވަހީދު އާއި ހަވާލުކުރައްވާފައެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ކުރިމަތިލައްވައި ގާސިމް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ލީޑަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވުމަށެވެ.
ޖޭޕީން ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ހަވީރު 3 ޖެހުމާއި ހަމައަށް ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިއަހަރު އޮގަސްޓު މަހު ބޭއްވި އެޕާޓީގެ ކޮންގްރެސްއިން ވަނީ ޕާޓީގެ އެންމެ އިސް މަގާމަކީ ލީޑަރުގެ މަގާމުކަމަށް ފާސްކޮށްފައެވެ. މަގާމު ހުސްކޮށް އޮތީ އެއްވެސް ބޭފުޅަކު އެމަގާމަށް ކުރިމަތިލައްވާފައި ނެތުމުންނެވެ.
ޖޭޕީގެ ލީޑަރުކަމަށް ގާސިމް ކުރިމަތި ލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ