މެމްބަރު އިލްހާމުގެ ސައިކަލަށް ގެއްލުންދީފި

ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމު އަހުމަދުގެ ސައިކަލަށް ރޭ ދަންވަރު ބަޔަކު ގެއްލުންތަކެއްދީފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އިލްހާމު މިއަދު ވިދާޅުވީ ރޭ ދަންވަރު އޭނާގެ ސައިކަލު ޕާކުކޮށްފައި ހުއްޓާ ސައިކަލުގެ ހުންގާނައި ދިމާލުން ގެއްލުންދީފައިވާ ކަމަށާއި ކުރީ ކޮޅުގެ ކަވަރުފަޅި ވެސް ގެންގޮސްފައިވާ ކަމަށެވެ. އިލުހާމު ވިދާޅުވީ އޭނާގެ ސައިކަލަށް ގެއްލުންދީފައިވަނީ ރޭދަންވަރު 1:30 ގެ ފަހުން ކަމަށެވެ.
"އަޅުގަނޑު ގެއިން ބޭރުގައި އުޅުމަށްފަހު ގެއަށް އައިސްވަނީ 1:30 އެހާކަށްހާއިރު، އޭގެ ފަހުން ހަލާކުކޮށްލާފައި އެހެރީ. ހެނދުނު އަޅުގަނޑު ބޭރަށް ނުކުތުމުން އެނގުނީ. މިހާރުވަނީ ފުލުހުންނަށް ހުށަހަޅާފައި" އިލުހާމު ވިދާޅުވިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލަ ފުލުހުންދަނީ މިހާރު ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ