މޫސުން ގޯސްވެގެން އެމްޓީސީސީގެ ފެރީ ބައިގަޑިއެއްހާ އިރަށް މެދު ކަނޑާލައިފި

މޫސުން ގޯސްވުމުގެ ސަބަބުން ވިލިމާލެއާއި ހުޅުމާލޭގެ ފެރީ ބައިގަޑިއެއްހާ އިރަށް މެދު ކަނޑާލައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ވިލިމާލެއާއި ހުޅުމާލޭގެ ފެރީތައް މެދު ކަނޑާލާފައިވަނީ މިއަދު ހެނދުނު 8:40 ފެށިގެންނެވެ.
އެމްޓީސީސީގެ ސީނިއަރ އޮފިޝަލަކު ސީއެންއެމަށް މައުލޫމާތު ދެއްވި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން ފެރީ ދަތުރުތައް މެދުކަނޑާލި ނަމަވެސް މިހާރުވަނީ ފަށާފައެވެ.
ފަހަކަށް އައިސް މޫސުން ގޯސްވުމުގެ ސަބަބުން ހުޅުމާލޭ ފެރީގެ ހިދުމަތްވަނީ ވަރަށް ގިނަ ފަހަރަށް މެދުކަނޑާލާފައެވެ.
ރޭ ދަންވަރު އަދި މިއަދު ފަތިހު އައި ކޮޅުގަނޑެއްގައި މާލޭއަށް ވެސްވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ރޭއައި ކޮޅިގަނޑުގައި މާލޭގެ ބައެއް ސަރަހައްދުތަކުން ގަސްތައް މަގުމައްޗަށް ވެއްޓިފައި ތިބުމުގެ ސަބަބުން ބައެއް މަގުތައްވަނީ ބަންދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ