ރިޔާސީ ނިޒާމެއްގައި ކޯލިޝަން ހަދައިގެން ކުރަން އުޅޭ ވެރިކަމެއް ކާމިޔާބު ކަމާއެކު ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރ އަދި ވިޔަފާރިވެރިޔާ ހުސެން ހިލްމީ ވިދާޅުވެއްޖެ އެވެ.
ހިލްމީގެ ޓުވިޓާ އެކައުންޓުގައި މީގެ ދެގަޑިއިރު ކުރިން ހިލްމީ ވިދާޅުވީ މިއަދުގެ ހާލަތައް ބަލާއިރު، އެންމެ މަސްލަހަތު އޮތް ގޮތަކީ އެމްޑީޕީގެ މެމްބަރުން ގަދަކަމުން މަޖިލީހުން ނެރެގެން ބަޔާން އިއްވުމަށްވުރެ މެމްބަރުން ވާހަކަދައްކައިގެން މެދުމިނުގެ ހައްލެއް ހޯދުން ކަމަށެވެ. އެހެން ނަމަވެސް އަވަސް އިންތިހާބަކަށް ދިއުމަށް ސަރުކާރުން އެއްބަސްވެދާނެ ކަމާމެދު ހިލްމީ ވަނީ ސުވާލު އުފައްދަވާފަ އެވެ.
މިހިނގާ ސިޔާސީ ހަމަނުޖެހުން ހިލްމީ ސިފަކުރައްވާފައި ވަނީ ގޮވަން ތައްޔާރުވެފއަިވާ އަލިފާން ފަރުބަދައެއްގެ ގޮތުގައެވެ. އަދި މިކަމަށް ހައްލު ހޯދުމަކީ ހަމައެކަނި އިންތިހާބެއް ބޭއްވުން ނޫން ކަމަށާއި ދެފަރާތް ވާހަކަދައްކައިގެން މެދުމިނުގެ ހައްލެއް ހޯދުން ކަމަށްވެސް ހިލްމީ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން މިއަދުގެ މަޖިލީހުގައި އިހްތިޖާޖު ކޮށްފައިވަނީ ސުލްހަވެރި ވާހަކަތަކުން ގޮތެއް ނިންމުމަށް ފުރުސަތު ދިނުމަށް ފަހު އިންޑިޔާގެ މެދުވެރިވުމާއެކުވެސް އިންތިހާބެއް ބޭއްވޭނެ ތާރީހެއް ކަނޑައެޅިފައި ނުވާތީ އެވެ.
ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރެއް މަސައްކަތް ނުކުރާނެ: ކުރީގެ ޔޫތް މިނިސްޓަރ ހިލްމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ