ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުން ވަރަށް ގާތް: މެމްބަރު ހައިތަމް

ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުން ވަރަށް ގާތް ކަމަށް މައްޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވިދާޅުވެއްޖެއެވެ.މިއަދު ކުރެއްވި ޓުވީޓެއްގައި ހައިތަމް ވިދާޅުވީ، ދިވެހި އެއާލައިންތަކާ، ކްރޫޒް ޝިޕްތަކާއި، އަދި އެތައް ޗައިނާ އެއާލައިންތަކަކުން ރާއްޖެއަންނަ އިރު، ރާއްޖެއިން ކޯރޯނާ ވައިރަސް ފެނުން ވަރަށް ގާތްކަމަށެވެ. ނަމަވެސް، ބަލި މީހުން ކަރަންޓީނު ކޮށްފައި ބަހައްޓާނެ ތަނެއް، އަދި ހޮސްޕިޓަލުތަކުގައި ވެސް އެކަހެރިކޮށް ބަލިމީހުން ބަހައްޓާނެތަނެއް ނެތްކަން ހައިތަމް ފާހަގަކުރެއްވިއެވެ. ހައިތަމް ވަނީ ހެލްތު މިނިސްޓްރީއަށް އެފަދަ ވަސީލަތްތައް ޤާއިމް ކުރުމަށް ގޮވާލާފައެވެ. ޗައިނާގެ ވުހާން ސިޓީއިން އެންމެ ފުރަތަމަ ފެނުނު މި ވައިރަހުން ނޭވާލާ ނިޒާމަށް ނިއުމޯނިއާ އަދި ބްރޮންކައިޓިސް ފަދަ ބަލިތައް ޖެހެއެވެ. މިހާރު މި ވައިރަހުގެ އަސަރު އެމެރިކާއ އަދި ހޮންކޮންގުންވެސް ވަނީ ފެނިފައެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރުވަނީ ތާމަލް ސްކޭނާރ ހަރުކޮށް ޓެސްޓު ކުރެވޭނެ ނިޒާމު ޤާއިމްކޮށްފަ ކަމަށް މައުލޫމާތުލިބެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ