ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރިކަމުގެ ދައުވާގެ މައްސަލައާ ގުޅިގެން ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަންކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި އެވެ.
އެމައްސަލާގެ މައުލޫމާތު ސާފުކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފު ވިދާޅުވީ މިހެން ކުރާ ކޮންމެ ދައުވާއަކާ ގުޅިގެން ވަކީލަކު އައްޔަން ކުރުމަކީ ބޮޑު ހަރަދެއް ކަމަށާއި އެހެން ކަމުން ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަންކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.
މަހުލޫފު ވިދާޅުވީ ދައުވާ އުފުޅާފައިވަނީ އަނިޔާވެރިކަން ނިންމަން ކުރި މުޒާހަރާގައި އޭނާ ހައްޔަރުކުރި ކަންތަކާއި ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑު އެހުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ 14:00 ގައި އޮންނާނެ ކަމަށް ކޯޓުންް ވިދާޅުވި ކަމަށް މަހުލޫފް ވިދާޅުވިއެވެ.
ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖެއްސުމުގެ އުސޫލުގައިވާ ގޮތުން ވަކީލުން ހަމަޖައްސައިދޭނީ ވަކި މައްސަލަތަކެއްގައެވެ. އޭގެ ތެރޭގައިޓެރަެިޒަމްގެ މައްސަލަތަކާއި މަރުގެ މައްސަލަތައް ހިމެނެއެވެ.
މަހުލޫފްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރިކަމުގެ ދައުވާ އުފުލި ނަމަވެސް ދައުވާ އުފުލާފައިވަނީ ސީދާ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ސާފެއް ނުވެއެވެ.
ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަންކޮށްދިނުމަށް އަހުމަދު މަހުލޫފް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ