ރައީސް މައުމޫން އާއި އެކު ސިޔާސީ މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ހިތަދޫ އުތުރު ދާއިރާގެ މަޖްލިސް މެމްބަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕާޓީތައް ގުޅިގެން ޖުމްހުރީ ޕާޓީގެ ޖަގަހަ "ކުނޫޒް"ގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހުން މި ފެންނަނަނީ ވަރަށް އުފާވެރި މަންޒަރެއްކަމަށެވެ.
އަސްލަމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަރަކާތް ފައްޓަވައި ދެއްވައިދެއްވީ މައުމޫންގެ ހާއްސަ ގަރާރަކުންކަމަށާއި ރައީސް މައުމޫން އަކީ ޕީޕީއެމްކަމަށެވެ.
ޕީޕީއެމްއިން މައުމޫން ބޭރު ކުރުމަކީ ގާސިމް ކުނޫޒުން ބޭރުން ކުރުމާއި އެއްފަދަކަމެއްކަމަށެވެ. އަދި ޔާމީން ވިދާޅުވި ގޮތަށް މާދަމާގެ ވޯޓަކީ ހަމައެކަނި މަސީހް އާއި ދެކޮޅަށް ނެގޭ ވޯޓެއްގެ ބަދަލުގައި ކަރަޕްޝަނާއި ފަސާދަ އާއި ދެކޮޅަށް ނެގޭ ވޯޓެއްކަމަށެވެ. އަދި އެގޮތަށް ވޯޓު ދެއްވުމަށް މަޖްލިސް މެމްބަރުންގެ ކިބައިން އަސްލަމް އެދިވަޑައިގެންނެވިއެވެ.
ރައީސް މައުމޫން އާއި އެކު މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް: އަސްލަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ