ސަރުކާރުގެ ކުއްލި ނޫސް ކޮންފަރެންސް އެއް މިރޭ

ސަރުކާރުން ބާއްވާ ކުއްލި ނޫސް ކޮންފަރެންސްގައި މިރޭ 1:00 ޖަހާއިރު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނެ ކަން ސަރުކާރުން ހާމަކޮށްފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.
ހެލްތް މިނިސްޓްރީން ބުނީ، ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ 1:00 ޖަހާއިރު އޮންލައިންކޮށް އޮންނާނެ ކަމަށާއި، އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ނޫސްވެރިން 12:30 ގައި އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.
ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ސަރުކާރުން ބާއްވަން ތާވަލު ކުރިއިރު، ރާއްޖެއިން ނިޔާވި ދިވެއްސަކު ކޮވިޑް-19އަށް ވަނީ ފައްސިވެފައެވެ. މިއީ އެ ކަމާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ