ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު އަލަށް ހުޅުވާ އައު ޓާމިނަލުގައި އެއްވެސް އިންވެސްޓެއް ކުރުމަށް ދިވެހި ކުންފުންޏަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އެމްއޭސީއެލް އިން ބުނެފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުކީ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ އެއާޕޯޓުގައި މިހާރު އަލަށް ހުޅުވާ އައު ޓާމިނަލުން ފިހާރަތަކާއި، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ދިވެހި ކުންފުނިތަކަށް ދޭ އުސޫލަކީ ކޮބައިތޯ ބެލުމަށް ފޯނުން ގުޅައި މައުލޫމާތު ސާފުކުރެއްވި ކަމުގައެވެ.
“އަލަށް ހުޅުވާ އައު ޓާމިނަލުގައި އެއްވެސް އިންވެސްޓެއް ކުރުމަށް ދިވެހި ކުންފުންޏަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށްއެފަރާތުން ބުނި. ދިވެހިންގެ ބަދަލުގައި ބޭނުން ވަނީ އެއާޕޯޓަށް ބޭރުގެ ކުންފުނިތަން ގެންނަން ” އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ހަގީގަތުގައި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރަށް ގޮސް ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް މި ލިބެނީ އެއާޕޯޓުން ކަމަށެވެ. އެހެންކަމުން އެއާޕޯޓުގެ ޓާމިނަލް ތަކުގައި ޚިދުމަތް ދޭން ހަދާފައިވާ ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނަށް އިންވެސްޓް ކޮށްގެން އެތަންތަން ހިންގުމަށް ދިވެހި ކުންފުނިތަކަށް ފުރުސަތު ނުދިނުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އަމްރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ އެއާޕޯޓުގެ ވީއައިޕީ ޓަމިނަލް އަކީ އެތަނުން ވަރަށް ގިނަ އާމްދަނީ ލިބޭ އަދި އެތަނަކުން އެމްއޭސީއެލްއަށް ގިނަ އާމްދަނީތަކެއް ވަންނަ ދޮރެއްކަމަށެވެ. އަދި ކަންމިހެން ހުރުމާއި އެކު މިހާރު ހުޅުވަން ތައްޔާރުވަމުން އަންނަ އައު ޓާމިނަލް ހުޅުވުމާއި އެކު އެތަނުން މާ ގިނަ އާމްދަނީ އެމްއޭސީއަށް ލިބޭނޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެއާޕޯޓު އަޅަން ލޯނެއް ނަގާއިރު، އެ ލޯނުނަގަން ހުށަހަޅަނީ އެލޯނު ދައްކާނެ ޕްލޭނަކާއި ވެސް އެކުގައި ކަމަށާއި އެގޮތުން މި ޕްލޭނުގައި އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން ލިބޭނޭ އަދަދުތަކުގެ ތަފްސީލް ތައް ކަނޑައެޅި ބަޔާންކޮށްފައި ހުންނާނޭ ކަމަށް އަމްރު ވިދާޅުވިއެވެ.
އެހެން ނަމަވެސް އެއާޕޯޓު ނިމުމުން އެއާޕޯޓުން ބައެއް އެހެން ޕާޓީއަކަށް ދޫކޮށްލާއިރު އޭގެންވެސް ނަތީޖާއެއް ނުކުންނަ ކަމަށާއި އެ ނަތީޖާއަކީ ހަގީގަތުގައި އެތަނުން އާމްދަނީ ލިބެން ވާރަކަށް ނުލިބޭ މައްސަލަ ކަމަށް އަމްރު ވިދާޅުވިއެވެ. އެހެން ކަމުން އަނެއްކާވެސް ދެން މިޖެހެނީ އެއާޕޯޓު ހަދަން ނެގި ލޯނުދައްކަން އިތުރު ދިމާއަކުން ފައިސާތަކެއް ހޯދުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަބަދުވެސް އެމްއޭސީއެލް އިން ދޭ ޚިދުމަތްތައް އަބަދުވެސް ބޭރުގެ ކުންފުނިތަކަށް ދޭންމިޖެހެނީ ކީއްވެތޯ ސުވާލު އުފައްދަވަމުން އަމްރު ވިދާޅުވީ މިތާ އުސޫލުހަދާފައި މި އޮންނަ ގޮތުން ބޭރުގެ ކުންފުންޏަކުން އައިސް ކަމެއް ކުރީމަ ނޫނީ މިތަނުން ދިވެހިންނަށް ފައިދާއެއް ނުވަތަ އެއްވެސް އެއްޗެއް އެނގޭކަމަށް ވެސް ނުވާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޑިސެމްބަރުމަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ބޭނުންކުރަން ފެށޭނެ ވީއައިއޭގައި އިޓަލީގެ ޖެޓްތަކެއް. ހުއްދަވަނީ ހޯދާފަ:އެމްއެންޑިއެފް ވީއައިއޭގައި “ސްމާޓް ގޭޓް” ހިދުމަތް އިފްތިތާހުކޮށްފި ރައީސް ޑރ. މުއިއްޒު، ވީއައިއޭގެ އައު ކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ