ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް- ޝަމްހީދު އެމްޑީޕީގެ ޗެއާޕާސަނާއި ރައީސްގެ މަގާމު އެއްކޮށްލަނީ މި ވަގުތުމީ ކައުންސިލް އިންތިޚާބަށް ތައްޔާރުވާންވީ ވަގުތު – ރައީސް ޞާލިހު މަންދީގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އެދިފައެއް ނުވާ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ 33 ޕަސަންޓް ޒުވާނުންނަށް ހާއްސަކުރަން އިދިކޮޅު އެމްޑީޕީން މަޝްވަރާތައް ފަށައިފި އެވެ.
އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކާ ގުޅޭ ރިޕޯޓު އިއްވަވަމުން ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ތައްޔާރީތަކާ ބެހޭ ހާއްސަ ކޮމިޓީގެ މުގައްރިރު އަދި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ، ޒުވާނުން ކަމަށް ބަލާނީ އުމުރުން 18-35 އަހަރު ކަމަށެވެ.
ޔައުގޫބް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅާއިރު ޒުވާނުންނަށް “ހާއްސަ ޖާގަ” ޖަހާފައިވާ ގޮޅިއެއްގައި ފާހަގަ ޖަހަން ޖެހޭނެ ކަމަށެވެ. ޒުވާނުންގެ ޖާގައަށް ގިނަ ޒުވާނުންތަކެއް ކުރިމަތިލައިފިނަމަ ޖެހޭނީ އެ މީހުންގެ މެދުގައި ޕްރައިމަރީއެއް ބާއްވަން ކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ދޭއިރު ވެސް 33 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރަން އެމްޑީޕީން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ