މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސްކޮލަރޝިޕްތަކުގެ މުއްދަތު އިތުރުކޮށްފި

ދިވެހި ޒުވާނުންނަށް މަތީތައުލީމުގެ އިތުރު ފުރުސަތުތަށް ހޯދައި ދިނުމުގެ ގޮތުން، މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސްކޮލަރޝިޕްތަކުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެގޮތުން ސްކޮލަރޝިޕްތަކަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 15:00 އާއި ހަމައަށް އޮންނާނެ ކަމަށް މައުމޫން ފައުންޑޭޝަނުން މައުލޫމާތުދެއެވެ.
މިއީ މައުމޫން ފައުންޑޭޝަނުން ހުޅުވާލެވޭ ޕާޓް-ފަންޑަޑް ސްކޮލަރޝިޕް ތަކެއްކަމަށް އެ ފައުންޑޭޝަނުން މައުލޫމާތު ދެއެވެ.
މިއަހަރު މައުމޫން ފައުންޑޭޝަނުން ހުޅުވާލާ ސްކޮލަރޝިޕްގެ ފުރުސަތުތަކީ އިންޑިޔާގެ، ބެންގަލޫރުގެ ގާޑަން ސިޓީކޮލެޖް އިން 5 ދާއިރާތަކުން ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތަކެއްކަމަށް އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ.
އޭގެތެރޭގައި ހިމެނެނީ ބެޗަލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާ އޮފް ކޮމްޕިއުޓަރު އެޕްލިކޭޝަން، ބެޗަލާ އިން ބަޔޯ ޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗެލާ އޮފް ފިޒިއޮތެރަޕީ އާއި މާސްޓާސް އޮފް ޓޫރިޒަމް އެންޑް ޓްރެވެލް މެނޭޖްމެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ