ރާއްޖެ ވަޑައިގެން އުޅުއްވާ ރާބިތާގެ ވަފުދާ ރައީސް މައުމޫން ބައްދަލުކުރައްވައިފި

ރާބިތަތުލް އާލަމިލް އިސްލާމީގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުދުގެ ބޭފުޅުންނާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުމުގައި ރާބިތާގެ ކަންކަން ރާއްޖޭގައި ކުރިއަށްދާ ގޮތާއި ގުޅޭގޮތުންނާއި ރާބިތާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިލްމުވެރިންގެ ދައުރާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
މީގެ އިތުރުން ރާބިތާއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ރާއްޖޭގެ އިލްމުވެރިންނާއި އިމާމުންނަށް މިހާރު ކުރިއަށް ގެންދާ ވާކްޝޮޕާ ގުޅޭ ގޮތުން މައުލޫމާތު ބަދަލުކުރެވުނު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މިބައްދަލުވުމުގައި ރާބިތާ އޮފީހުގެ ކުރީގެ މުދީރު އައްޝައިހް އަބޫބަކުރު އަލީ އާއި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް މައުމޫނަކީ ރާބިތާގެ ފައުންޑާ މެންބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ