ދައުލަތުގެ ވަކީލުންގެ ސަބަބުން އިންސާފު ލިބުމަށް ހުރަސްއެޅޭ: މައުމޫން ޙަމީދު

ދައުލަތުގެ ވަކީލުން އަދާކުރާ ދައުރުގެ ސަބަބުން އިންސާފު ލިބުމަށް ހުރަސް އެޅޭކަމަށް މަޝްހޫރު ޤާނޫނީ ވަކީލު މައުމޫން ޙަމީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައިފައިވަނީ މައުމޫން ޙަމީދު މިއަދު ކުރެއްވެވި ޓްވީޓެއްގައެވެ.
މައުމޫން ޙަމީދު ވިދާޅުވެފައިވަނީ އިންސާފު ނުލިބުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދައުލަތުގެ ވަކީލުން އަދާކުރާ ދައުރުގެ ސަބަބުން ކަމަށާއި ދައުލަތުގެ ވަކީލުންނާއި ނުލައި ބޭއިންސާފުގެ ފުރޮޅުތައް ނުއެނބުރުވޭނެ ކަމަށެވެ.
މައުމޫން ހަމީދުގެ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އިންޓެލް ރިޕޯޓްތައް ވިއްކީ ފުލުހުން ކަމަށާއި އެމްއެމްޕީއާރުސީއަށް ރިޝްވަތު ދިނީ މީހުން ކަމަށެވެ. އަދި މަޖިލިސް މެންބަރުންނަށް އެމްއެމްޕީއާރުސީ އިން ރިޝްވަތު ދީފައިވާ ކަމަށެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓ) މުޙައްމަދު ނާޒިމްގެ ޤާނޫނީ އިސް ވަކީލެއްގެ ގޮތުން މަސައްކަތްޕުޅު ކުރައްވަވައިފައިވާ މައުމޫން ހަމީދު ގެންދަވަނީ ޝައިޚް އިމްރާންގެ ޝަރީޢަތް ނިންމި ގޮތަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
މިފަދަ މައްސަލަތަކާއި ގުޅިގެން ކްރިމިނަލް ކޯޓަށް މިއަދު ވަނީ މައުމޫން ޙަމީދު ވަނީ ހާޒިރުކޮށްފައެވެ. ކޯޓުން ނުކުމެވަޑައިގެން މައުމޫން ހަމީދު ވިދާޅުވެފައިވަނީ ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ކަމެއް ކުރައްވައިފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރިއަށް އޮތްތަނުގައިވެސް ނުކުރައްވަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ