ކްރިމިނަލް ކޯޓުން އަދުރޭ އާއި ޝުޖާއު ދޫކޮށްލައިފި
އިއްޔެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މުޒާހަރާއިން ހައްޔަރު ކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ. އަބްދުއްރަހީމާއި ޝުޖާއު ހައްޔަރު ކުރުމަށް ފަހު ރޭ ވަނީ ދޫނިދޫއަށް ބަދަލުކޮށްފަ އެވެ. އަދި މިއަދު އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން މިއަދު ނިންމާފައި ވަނީ ޝަރުތުތަކާއެކު އެ ދެ މީހުން ދޫކޮށްލާށެވެ. އެ ޝަރުތުތަކަކީ މާލެއިން ބޭރަށް ފުރާއިރު ލިޔުމުން ފުލުހުންގެ ހުއްދަ ހޯދުމާއި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމާއި، މިހާރު އުޅޭ އެޑްރެހާއި ފޯނު ނަމްބަރު ބަދަލުވެއްޖެ ނަމަ ފުލުހުންނަށް އެންގުމެވެ. އެ ޝަރުތުތަކުގެ މުއްދަތަކީ 30 ދުވަހެވެ. އިއްޔެ އަބްދުއްރަހީމާއި ޝުޖާއު ހައްޔަރު ކުރީ ވެކްސިންއާ ގުޅޭ މައުލޫމާތު އާންމު ކުރަން ގޮވާލައި އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ